Ads by Farudhun

ޚަބަރު

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގައި ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ

ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގައި ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ

ވ. ފުލިދޫ. ފޮޓޯ: ބަޖެޓް މޯލްޑިވްސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 12:52

23 ސެޕްޓެމްބަރު 2026، 12:52

ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގައި ހާލުދެރަވި 39 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. 

ފުލުހުން ވިދާޅުވީ، 22 ސެޕްޓެމްބަރު 2026 ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ފުލިދޫގެ ޕޮލިހުން، ވ. އަތޮޅު މަދަރުސާއާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއެކު ވަނީ މޫދު ކުލާހެއް ކުރިއަށްގެންގޮސްފައި ކަމަށެވެ. މި މޫދު ކުލާހުގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު، ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ވަނީ ގެންގޮސްފައެވެ.

ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހައިކަންހާއިރު އޭނާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ. 

ނިޔާވި މީހާގެ ހަށިގަނޑު މާލޭގެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450