Ads by Farudhun

ޚަބަރު

ތިމާވެށި ރައްކާތެރިކުރުމަށް ގެންދަނީ އެކި ކަހަލަ ދިރާސާކުރަމުން: ވަޒީރު

ތިމާވެށި ރައްކާތެރިކުރުމަށް ގެންދަނީ އެކި ކަހަލަ ދިރާސާކުރަމުން: ވަޒީރު

ވަޒީރު ޢަލީ ޝަރީފް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ސެޕްޓެމްބަރު 2026، 10:28

24 ސެޕްޓެމްބަރު 2026، 10:28

ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެކި ކަހަލަ ދިރާސާކުރަމުން ގެންދަވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވި، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން، އެންމެ ބޮޑަށް އަސަރުކުރާނެ އެއް ޤައުމަކީ ރާއްޖެކަމަށްވުމުން، މިކަމުން އަރައިގަތުމަށް، ރާއްޖެއިން ވެފައިވާ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު އޮޅުން ފިލުވުމަށް ފަރުދުން މީޑިޔާއިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، މިކަމާއި ކުރިމަތިލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ރަށް ގިރުމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ، މި މައްސަލަ ހައްލުކުރުމަށް އެކި ކަހަލަ ދިރާސާކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

"އެކި ކަހަލަ ދިރާސާތައް އެބަ ކުރެވޭ އަޅުގަނޑުމެންގެ. އަސްލު ހަޤީޤަތުގަ، ކުރިއާ އަޅާ ބަލާއިރު، ފަހުން ކިޔަވައިގެން އިންސްޓިޓިއުޓްތަކަށް ޖޮއިންކުރި ކުދިން، އެމީހުން ކިޔެވި އެއްޗެއްގެ ބޭނުން ވަނީ ހިފައިފަ."

ވަޒީރު ވިދާޅުވިއެވެ.

ކުރިއާއި އަޅާބަލާއިރު، މި ދިރާސާތައް ކުރުމުގައި ބޭނުންކުރެވޭ ސައިންޓިފިކް އެސެސްމެނޓުތައް ވެސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށާއި، ހާލަތު ދެނެގަތުމަށް ހަދާ އެސެސްމެންޓުތަކާއި، ޤަވާއިދުތަކުގައި، ދިރާސާތަކުގެ ބޭނުން ހިފާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ވަޒީރު ވަނީ، ބިން ހިއްކުމުގެ މަޝްރޫއުތަކުގައި، ކަނޑުގެ ލޮނުގަނޑު އުފުލިދާނެ ކަމަށް ބަލައި، އެ ތަންތަން މިހާރު ހިއްކަމުން ދަނީ ތަންކޮޅެއް އުސްކޮށްކަން ފާހަގަކޮށްފައެވެ. އެގޮތުން، ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެތަން ވެސް ހިއްކަނީ ތަންކޮޅެއް އިސްކޮށްކަން ފާހަގަކުރައްވާފައެވެ. 

މިއީ، މި މައްސަލަތަކާއި ކުރިމަތިލުމަށް ކަނޑައަޅުއްވާފައިވާ ޕޮލިސީތަކެއް ކަމަށް ވަޒީރު އަލީ ޝަރީފު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450