Ads by Farudhun

ޚަބަރު

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިސްލާހުކުރުމާ ގުޅޭ ބައްދަލުވުން. ފޮޓޯ: އޭޖީ އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ސެޕްޓެމްބަރު 2026، 11:14

24 ސެޕްޓެމްބަރު 2026، 11:14

ދިވެހިރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމު އިޞްލާޙުކުރުމާގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ (އޭޖީ) އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު މުރާޖަޢާކުރުމާއި، މަދަނީ އަދުލުގެ ނިޒާމު އިޞްލާޙުކުރުމުގައި އިސްކަންދޭންޖެހޭ ދާއިރާތައް ފާހަގަކުރުމެވެ.

މިއީ ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ކަމާބެހޭ ކޯޓުތަކާއި، ދައުލަތުގެ ވަކީލުންގެ ބައިވެރިވުމާއެކު ބާއްވާފައިވާ ބައްދަލުވުމެއްކަން އޭޖީ އޮފީހުން ފާހަގަކުރައްވައެވެ. މި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވެސް ވަނީ ބައިވެވަޑައިގަންނަވައިފައެވެ.

މި ބައްދަލުވުމުގައި ވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ގެނައުން މުހިންމު އިޞްލާޙުތަކާއި، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން އެކި ފަރާތްތަކުގެ މުހިންމު ހުށަހެޅުންތައް ވެސް ހިއްސާކޮށްފައެވެ.



ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މުހިންމު އެކި ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. މަތީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ކޯޓުތަކުން ދޭ ޚިދުމަތްތައް އިތުރަށް ހަލުވި ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރާއްޖޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ ވެސް މުޅި ޝަރުޢީ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450