Ads by Farudhun

ޚަބަރު

ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ފުވައްމުލަކަށް ޑްރަގު އެތެރެކުރަން އުޅުނު މީހާ. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

24 ސެޕްޓެމްބަރު 2026، 04:00

24 ސެޕްޓެމްބަރު 2026، 04:00

ވައިގެ މަގުން ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މިސްކިތްމަގު، ކިނާރާ / ޏ. ފުވައްމުލައް، ޢަބްދުﷲ މުޙައްމަދު (57އ) އެވެ.

ފުލުހުން ވިދާޅުވީ، މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ފުވައްމުލައް ސިޓީ އެއާޕޯޓު ތެރެއިން ޢަބްދުﷲ މުޙައްމަދު ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކޮތަޅުތަކެއް ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އަދުގެ ސަރުކާރުން ރާއްޖޭގައި ކުށް މަދުކުރުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މުޅި ރާއްޖޭގެ  ފުލުހުންގެ މަރުކަޒުތަށް ގާއިމު ކުރުމަށް ވަނީ ނިންމަވާފައެވެ.

މަސްތުވާތކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެހާމެ ހައްސާސް މައްސަލައެއް ކަމުން ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެކި ގޮތްގޮތުން ރާއްޖެއަށް އެތެރެ ކުރާ މަސްތުވާ ތަކެތި އަތުލައިގަތުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާ އެހެން އެއްވެސް ސަރުކާރަކުން އަތުލައި ނުގަންނަހާ ގިނަ މަސްތުވާ ތަކެތި އަތުލައިގަނެ އެތަކެތި ވަނީ ނައްތާލާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450