Ads by Farudhun

ޚަބަރު

މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މަޑުއްވަރީގައި ބިދޭސީ އަންހެނަކަށް ހަމަލާދީ ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ވީޑިއޯގެ ސްކްރީން ޝޮޓެއް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

26 ސެޕްޓެމްބަރު 2026، 12:38

26 ސެޕްޓެމްބަރު 2026، 12:38

ރ. މަޑުއްވަރީ މަގުމަތީގައި ބިދޭސީ އަންހެނަކު ހިފަހައްޓައި، އޭނާއަށް އަނިޔާކުރުމަށްފަހު އަތުން ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މަޑުއްވަރީގައި ބިދޭސީ އަންހެނަކާ މެދު މާރާމާރީ ހިންގައި، އޭނާގެ އަތުން ފޭރުނު މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވާން ފަށައިފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބިދޭސީ ފިރިހެނަކު މަގުމަތިން އަންހެން މީހާ ގަދަކަމުން ހިފަހައްޓައި، އޭނާއަށް އަނިޔާކުރެއެވެ. އަދި އަންހެން މީހާ އެހީއަށް އެދި ހަޅޭއްލަވައިގަތުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، އެ ފިރިހެން މީހާ އަންހެން މީހާގެ އަނގަމަތީގައި އަތްއަޅައިގެން ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.

މީގެއިތުރުން، އެ ސަރަހައްދަށް އެހެން މީހަކު އައިސް އެ ދެ މީހުން ދުރުކުރުމަށް މަސައްކަތްކުރާ މަންޒަރާއި، އެ ހަމަނުޖެހުމުގެ ތެރޭގައި މަގުމައްޗަށް ފައިސާތަކެއް ވެރިފައި ހުރި މަންޒަރު ވެސް އާންމުވެފައިވާ ވީޑިއޯއިން ސާފުކޮށް ފެންނަން ހުއްޓެވެ.

މި ހާދިސާއާ ގުޅިގެން މަޑުއްވަރީގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު، ފުލުހުން ދަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450