Ads by Farudhun

ޚަބަރު

ފުރަތަމަ ފަހަރަށް ރާއްޖޭގެ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބާއްވަނީ

ފުރަތަމަ ފަހަރަށް ރާއްޖޭގެ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބާއްވަނީ

މި ފަހުމުނާމާގައި ސޮއިކުރެއްވުން. ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ސެޕްޓެމްބަރު 2026، 03:35

26 ސެޕްޓެމްބަރު 2026، 03:35

ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގެ މައުރަޒެއް ޗައިނާގައި ބޭއްވުމަށް ޓަކައި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޗައިނާގެ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. 

ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، ހީނާ ވަލީދެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ވަޒީރު ހީނާ ވަލީދު، ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޓިއަންޖިން ނެޝަނަލް މެރިޓައިމް މިއުޒިއަމްއަށް ޒިޔާރަތްކުރައްވައި އެ ދާރުލްއާސާރުގެ އިސްވެރިންނާއެކު ބޭއްވެވި ހާއްސަ ބައްދަލުވުމެއްގައެވެ. 

ފަހުމުނާމާގެ ދަށުން، އަންނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ހާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބާއްވާނެއެވެ. ހަމައެއާއެކު "އޭންޝަންޓް ޗައިނީޒް ޝިޕްބިލްޑިންގ" އަދި "ނެވިގޭޝަން ޓެކްނޮލޮޖީ: ދަ މެރިޓައިމް ސިލްކް ރޯޑް ކަނެކްޓިންގ ޗައިނާ އެންޑް ދަ މޯލްޑިވްސް" ގެ ނަމުގައި ރާއްޖޭގެ ދާރުލްއާސާރުގައި ވެސް ހާއްސަ މައުރަޒެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.



މި މައުޒަރުތަކުގެ މައިގަނޑު މަގްސަދަކީ، ކަނޑުދަތުރުފަތުރާއި 'މެރިޓައިމް ސިލްކް ރޫޓު'ގެ ތާރީޚީ ގުޅުން ބައިނަލްއަގްވާމީ ފެންވަރުގައި ހާމަކޮށްދިނުމާއި، ދިވެހި ފަންނުވެރިންނަށް ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދިއުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި ސަގާފަތާއި ތަރިކައާއި، މިއުޒިއަމް މެނޭޖްމަންޓާއި، ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި މުވައްޒަފުންގެ ހުނަރާއި އިލްމު އިތުރަށް ތަރައްގީކުރުމަށް ޓަކައި، ޗައިނާގެ ޔުނިވަރސިޓީތަކާއި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި ހިޔާލު ބަދަލުކުރައްވާފައި ކަމަށް ސަގާފަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450