Ads by Farudhun

ޚަބަރު

ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަޝްރޫއު އަންނަ އަހަރު ފަހު ކޮޅަށް ނިންމާލެވޭނެ: ވަޒީރު

ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަޝްރޫއު އަންނަ އަހަރު ފަހު ކޮޅަށް ނިންމާލެވޭނެ: ވަޒީރު

މީދޫގައި ގާއިމުކުރި އެފްއެސްއެމް ފިއުލް ޝެޑް، ފޮޓޯ: އަހްމަދު ޝަމީމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

26 ސެޕްޓެމްބަރު 2026، 04:40

26 ސެޕްޓެމްބަރު 2026، 04:40

ރާއްޖޭގެ ހުރިހާ ސިޓީއެއް ހިމެނޭހެން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ ނޮވެމްބަރުގެ ކުރިން ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިގުތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ކޮންމެ އަތޮޅެއްގައި ވެސް މަސްވެރިންނާއި ރައްޔިތުންނަށް އެސްޓީއޯ ރޭޓުގައި ތެޔޮލިބޭނެ އިންތިޒާމް ޤާއިމުކުރުމަށް ފެށި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމުގެ ޔަގީންކަންދެއްވާފައެވެ.

އެގޮތުން، މިހާތަނަށް ވަނީ، 8 އަތޮޅެއްގެ 8 ރަށެއްގައި ފިއުލްޝެޑް ޤާއިމްކޮށް ނިންމާފައި ކަމަށާއި، އެ ތަންތަނުން މިހާރު ޚިދުމަތްދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚިދުމަތްދޭން ފަށާފައިވާ ރަށްތައް:

  1. ހއ. އިހަވަންދޫ
  2. ހދ. ހަނިމާދޫ
  3. ށ. މިލަންދޫ
  4. ރ. ދުވާފަރު
  5. ބ. އޭދަފުށި
  6. ފ. ނިލަންދޫ
  7. ދ. މީދޫ
  8. ދ. ކުޑަހުވަދޫ

މިއީ ރައްޔިތުންގެ ގިނަ ބަޔަކު، ވަކިން ހާއްސަކޮށް މަސްވެރިންނާއި ސިނާއީ އެކި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން ހަކަތައަށް ކުރާހޭދަ މަދުވެ، ތެޔޮ ހޯދަން ކުރާ ދިގު ދަތުރު ވެސް ކުރުވެ، ވަގުތު ސަލާމަތްވެ، ތަކުލީފުތައް ކުޑަވެގެންދާނެ މުހިންމު ކާމިޔާބެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ރައްޔިތުން އެތައް އަހަރަކު ބުރަ އުފުލުމުގައި ވޭތުކުރި މިފަދަ އެތައްކަމެއް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގެ ދަށުން ހައްލުކޮށްދެއްވާފައިވާކަމާއި، އެކަންކަމުގެ ސަބަބުން ހެޔޮ ބަދަލުތައް ޤައުމަށް އަންނަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.



ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވީ 7 ނޮވެމްބަރު 2024 ގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި، ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު މުޅި ރާއްޖޭގައި ގާއިމުކުރުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450