Ads by Farudhun

ޚަބަރު

ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އިސްކަންދެނީ އައު ފުރުސަތުތައް ފަހިކުރުމަށް: އަމީން

ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އިސްކަންދެނީ އައު ފުރުސަތުތައް ފަހިކުރުމަށް: އަމީން

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ސެޕްޓެމްބަރު 2026، 02:28

27 ސެޕްޓެމްބަރު 2026، 02:28

ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމުގައި އެންމެ އިސްކަމެއްދެނީ، ދިވެހިންނަށް އައު ފުރުސަތުތައް ފަހިކުރުމަށް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވަނީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ރަށްރަށުގެ މުޖުތަމަޢުތައް ހިމެނޭހެން، ދިވެހިރާއްޖެއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ މަންޒިލަކަށް ހަދައިދޭ އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

އަދި ޓެކްނޮލޮޖީގެ ވަސީލަތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުން ހިފުމަށް މަސައްކަތްކުރަމުންދާއިރު، އެންމެ ބޮޑު އިސްކަމެއްދެނީ، ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމާއި، ދިވެހިންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.



ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭއައިގެ ސަބަބުން މި ސިނާއަތަށް ބަދަލުތަކެއް އަންނަމުންދާތީ، އެ ބަދަލުތަކަށް ހޭނި، އައު އީޖާދުތަކާއެކު ކުރިއަރައި އިސްނަގައިގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް 27 ސެޕްޓެމްބަރު ފާހަގަކުރަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450