Ads by Farudhun

ޚަބަރު

ރައީސް ގެންދަވަނީ ސިފައިންނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްދެއްވަމުން: ދިފާޢީ ވަޒީރު

ރައީސް ގެންދަވަނީ ސިފައިންނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްދެއްވަމުން: ދިފާޢީ ވަޒީރު

ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޮކްޓޯބަރު 2026، 09:09

05 އޮކްޓޯބަރު 2026، 09:09

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ، ސިފައިންނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްދެއްވަމުން ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ "އަހާ ފޯރަމް"ގައި ރާއްޖޭގެ ސަރަހައްދީ ރައްކާތެރި ކަމަށް، ހާއްސަކޮށް އިގްތިސާދީ ސަރަހައްދަށް ބޭރުގެ ފަރާތްތަކުން ވަދެ ނުރައްކާތެރި އަމަލެއް ހިންގަފާނެ ހާލަތަކަށް ދިވެހި ސިފައިން ވެފައިވާ ތައްޔާރީތައް އޮޅުންފިލުވުމަށް ޕީއެސްއެމް އެއާރ މެދުވެރިކޮށް ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ސިފައިން އަބަދު ވެސް ތިއްބަވާނީ މިފަދަ ހާލަތްތަކަށް ތައްޔާރުވެގެން ކަމަށެވެ. ނަމަވެސް، ސިފައިން ކިތަންމެ މޮޅު ތަމްރީނެއް ހައްދަވައިގެން ތިއްބެވިޔަސް، ސިފައިންގެ ޒިންމާ އަދާކުރެވޭނީ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަޖެހުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އެގޮތުން، މިއަދު އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ، މިދެންނެވި ގޮތަށް ސިފައިންނަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމުކޮށްދެއްވަމުން."

ވަޒީރު ވިދާޅުވިއެވެ.

އޭގެ ތެރެއިން ހާއްސަކޮށް ކޯސްޓްގާޑުގެ ހިދުމަތްތައް ފުޅާ ކުރުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ވަޒީރު ވަނީ، މި ދައުރުގެ ކުރީކޮޅު، ތުރުކީއިން ހިލޭ މަނަވަރެއް ލިބުނުކަމަށާއި، އޮސްޓްރޭލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވެސް މަނަވަރެއް ލިބުނު ކަމަށް ވިދާޅުވެފައެވެ. 

އޭގެ އިތުރުން، ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ވަނީ ޑްރޯން ހޯއްދަވާފައި ކަމަށާއި، ކޯސްޓްގާޑުން ޕެޓްރޯލް ކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް ގެންދަވަނީ ހޯއްދަވަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަދާ ހަމައަށް، ޕެޓްރޯލްކުރުމަށް ބޭނުންވާ 3 އުޅަނދެއް އެމްއެންޑީއެފްއަށް ހޯދަވާދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450