Ads by Farudhun

ޚަބަރު

މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ގްލޯބަލް ދުކާންއަށް މިހާރު ފަސޭހައިން ފައިސާ ދެއްކޭނެ

މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ގްލޯބަލް ދުކާންއަށް މިހާރު ފަސޭހައިން ފައިސާ ދެއްކޭނެ

ގްލޯބަލް ދުކާން.. ފޮޓޯ: މީލްޑިވްސް ޕޯސްޓް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 09:54

05 އޮކްޓޯބަރު 2026، 09:54

ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް، މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ ކުންފުނިން މިހާރު ވަނީ ތައާރަފުކޮށްފައެވެ.

ކަސްޓަމަރުން ޗެކްއައުޓްކުރާ ގަޑީގައި "ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް" އިޚްތިޔާރު ކުރެއްވުމަށްފަހު، އެތަނުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތް ފުރިހަމަކުރެއްވޭނެއެވެ. މިގޮތުން ފައިސާ ދައްކަވާއިރު ޝަރުތުހަމަވާ ކަސްޓަމަރުން، ބޭނުންވެލައްވާނަމަ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމަށްޓަކައި ޕޭމަންޓް ލިންކެއް ގްލޯބަލް ދުކާން އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ.  

މި އައު ޚިދުމަތަކީ، ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެއްޗަށް އޯޑަރުކުރާއިރު ބޭރުގެ ފައިސާއިން މުއާމަލާތްކުރާ ބައިނަލްއަގުވާމީ ޕޭމަންޓް މެތަޑްތަކުގެ ބަދަލުގައި، ދިވެހި ރުފިޔާއިންވެސް ފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުޅުވިގެންދިޔަ ރަނގަޅު ފުރުސަތެކެވެ.

މި އިންތިޒާމުގެ ސަބަބުން ދިވެހިރާއްޖޭގެ ކަސްޓަމަރުންނަށް ގްލޯބަލް ދުކާންގެ ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބި، ފައިސާ ދެއްކުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިވެގެންދާނެއެވެ. 

އަދި ކުރިއެކޭވެސް އެއްފަދައިން، މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން އިންޑިއާގެ އީކޮމާސް މާކެޓް ޕްލޭސް ގްލޯބަލް ދުކާން މެދުވެރިކޮށް ތަކެތި ގަތުމުން ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރ ކޮށްދޭނެއެވެ. ގްލޯބަލް ދުކާންއިން ވިޔަފާރި ކުރުމަށް އިންޑިޔާގެ އެޑްރެސްއެއް ބޭނުމެއްނުވާނެއެވެ. 

ގްލޯބަލް ދުކާންގައި ހިމެނޭ، އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރޭގައި އެމެޒަން، މިންތްރާ، ފްލިޕްކާޓް، ނައިކާ، ނައިކާ ފެޝަން، އިކިއާ ފަދަ މަޝްހޫރު ގިނަ ޕްލެޓްފޯމް ފާހަގަކޮށްލެވެއެވެ.

މި ޕްލެޓްފޯމްތަކުން ފެޝަން އަދި ލައިފް ސްޓައިލް ޕްރޮޑަކްޓްސް، އިލެޓްރޯނިކްސް އެންޑް އިލެޓްރޯނިކް އެކްސެސަރީސް، ގެ އަދި ބަދިގެއަށް ބޭނުންވާ ސާމާނު، ބިއުޓީ އެންޑް ވެލްނެސް ޕްރަޓަކްތަކާއި އެހެނިހެން ހުރިހާ ޕްރަކްޓްތަކެއްވެސް ގަނެލެވޭނެއެވެ.

ގްލޯބަލް ދުކާން ޕްލެޓްފޯމަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު އަދި އިތުބާރު ލިބިފައިވާ ޕްލެޓްފޯމެކެވެ. 

ޕޯސްޓް އޮފީހުން ފާހަގަކުރާ ގޮތުގައި، ގްލޯބަލް ދުކާންއިން ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ގޮތް ހަމެޖެހިގެން ދިއުމަކީ، ދިވެހީންނަށް އޮންލައިންކޮށް ވިޔަފާރިކުރުމަށާއި ގްލޯބަލް މާކެޓްޕްލޭސްއަށް ހުޅުވިފައިވާ ފުރުޞަތުތަކަށް އިތުރުކުރެވުނު ކުރިއެރުމެކެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450