Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ދަރުމަވަންތައާއި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދު ބަންދުކޮށްފި

ބޮޑުތަކުރުފާނު މަގުގެ ދަރުމަވަންތައާއި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދު ބަންދުކޮށްފި

ދަރުމަވަންތައާއި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދު ދަތުރުފަތުރަށް ބަންދުކުރުން.. ފޮޓޯ: ފުލުހުން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 10:32

05 އޮކްޓޯބަރު 2026، 10:32

ބޮޑުތަކުރުފާނު މަގުގެ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދު މަގު މަރާމާތުކުރުމަށްޓަކައި ރޭ ދަންވަރު 12:00 އިން ފެށިގެން ބަންދުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށް ރާވާފައިވާތި ރޭ ދަންވަރު 12:00 އިން ފެށިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް މަގު ބަންދުކޮށްފައިވާ ކަމަށެވެ. ފުލުހުން ޢާންމުކުރި ޗާޓުގައިވާ ގޮތުން ތާޖުއްދީން ހިނގުމާއި އަމީނީ މަގާ ދެމެދުގައި އޮންނަ ބޮޑުތަކުރުފާނު މަގުގެ ބައި ވަނީ ބަންދުކޮށްފައެވެ.



އެގޮތުން، މި ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވައިފައެވެ.

އެ ސަރަހައްދު ބަންދުކޮށްފައި ވަނީ، މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަމައަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450