Ads by Farudhun

ޚަބަރު

އެކްސްޓެންޝަން އިމާރާތާއެކު ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް

އެކްސްޓެންޝަން އިމާރާތާއެކު ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް

މި އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެިން.. ފޮޓޯ: ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 12:42

05 އޮކްޓޯބަރު 2026، 12:42

ށ. ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައި ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. މި އިމާރާތް ހުޅުއްވުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، އެކްސްޓެންޝަން އިމާރާތާއެކު ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުވުމަކީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެެވެ. ވަޒީރު ވިދާޅުވީ، މި އިމާރާތާއެކު އިދާރީ ހިންގުން ހަރުދަނާވާނެ ކަމަށެވެ. އަދި މިހާރު ދެމުން އަންނަ ޕަބްލިކް ހެލްތުގެ ޚިދުމަތް މިއިމާރާތަށް ބަދަލުވާނެކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ބަލިތަކުން ރައްކާތެރިވެ ތިބުމުގެ އާދަ އަށަގަންނަވަން ޖެހޭކަމަށާއި، އަމާޒަކީ ފީވަކަކީ އާންމު ޞިއްޙަތުގެ ނަމޫނާ ރަށަކަށް ހެދުން ކަމަށެވެ.

ފީވަކުގައި މީގެ ކުރިން ޚިދުމަތް ދެމުން އައީ 16 ގަޑި އިރަށެވެ. ނަމަވެސް އައު އެކްސްޓެންޝަން އިމާރާތާއެކު އެރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ވަނީ 24 ގަޑި އިރަށް ބަދަލުވެފައެވެ. ފީވަކުގައި ހުޅުވުނު މި އިމާރާތަށް އިދާރީ ޚިދުމަތްތަކާއި ބަޕްލިކް ހެލްތު ޔުނިޓްވެސް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން ގިނަ ޚިދުމަތްތަކެއް ވަނީ އައު އިމާރާތަށް ބަދަލުކޮށްފައެވެ.

ފީވަކު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވާ ޚިދުމަތް 24 ގަޑި އިރަށް ބަދަލުކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ފީވަކުގެ ކައުންސިލްގެ އިސްވެރިންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އިމާރާތް ހުޅުވުމަށްފަހު ވަޒީރު ވަނީ އެ އިމާރާތް ބައްލަވައިލައްވާ ފީވަކުގެ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450