Ads by Farudhun

ޚަބަރު

ށ. ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ށ. ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ނޫމަރާގައި ލެބޯޓަރީގެ ޚިދުމަތް ފެށުން... ފޮޓޯ: ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

05 އޮކްޓޯބަރު 2026، 12:44

05 އޮކްޓޯބަރު 2026، 12:44

ށ. ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިއެވެ.

އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. އެ ރަށުގައި މި ޚިދުމަތް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނޫމަރާގެ ކައުންސިލްގެ އިސްވެރިންނާއި، ސިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ލެބޯޓަރީ ހުޅުވުމަށްފަހު ވަޒީރު ވަނީ އެތަން ބައްލަވާލައްވައި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.

ށ. ނޫމަރާގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ ވިދާޅުވެފައެވެ.

ނޫމަރާ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޞިއްޙީ ދާއިރާއަކީ މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށާއި، ވަސީލަތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ތިބެގެން ހަދާ ޓެސްޓުތައް ހެދުމަށް ލެބޯޓަރީގެ ޚިދުމަތް ނޫމަރާގައި ވެސް ޤާއިމުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިހާތަނަށް ލެބޯޓަރީގެ ޚިދުމަތް ލިބެން ނެތް 76 ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.

ނޫމަރާގެ އިތުރުން މި ސަރަޙައްދުގެ އެހެން ރަށްރަށުގައިވެސް މިފަދަ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ. ނޫމަރާގައި ހުޅުވިގެން މިދިޔައީ މި ސަރުކާރުން އަތޮޅުތަކުގައި ހުޅުވި 22 ވަނަ ލެބޯޓަރީއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450