ޚަބަރު
"ވިލުންވެށި" ގްރާންޓްގެ އިވެލުއޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
މި ބައްދަލުވުމުގެ ތެެރެއިން... ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
"ވިލުންވެށި" ގްރާންޓް ޕްރޮގްރާމުގެ ގްރާންޓްސް އިވެލުއޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންނަށް މި ޕްރޮގްރާމާ ގުޅޭ މައުލޫމާތާއި، ޕްރޮގްރާމުގެ މައިގަނޑު މަޤްސަދުތައް ވަނީ ހިއްސާކޮށްފައެވެ. އަދި ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމާއި، އެންޑޯސް ކުރުމުގެ މަރުހަލާގައި ކޮމިޓީގެ މެންބަރުން އަދާކުރަންޖެހޭ ދައުރާއި ޒިންމާތަކާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައިވެއެވެ.
The first Grants Evaluation Committee Meeting for the #VilunVeshi Grant Programme was convened. ▫️ The meeting introduced Committee Members to the programme, its objectives, and their roles and responsibilities in the grant evaluation and endorsement process. ▪️ The Grants Evaluation Committee will review and endorse grant applications shortlisted by @SMEdigital_mv, supporting a transparent and structured process for selecting eligible applicants. #VilunVeshi #ECRFS #GrantProgramme
— Min. of Climate Change, Environment and Energy, MV (@MoEnvmv) October 4, 2026
ގްރާންޓްސް އިވެލުއޭޝަން ކޮމިޓީގެ މައިގަނޑު މަސައްކަތަކީ އެސްއެމްއީ ހަބް މެދުވެރިކޮށް ޝޯޓްލިސްޓް ކުރެވޭ އެޕްލިކޭޝަންތައް މުރާޖައާކޮށް، އެންޑޯސް ކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ މައިގަނޑު މަޤްސަދަކީ ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމާއެކު، ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.
މި ބައްދަލުވުމާއެކު، "ވިލުންވެށި" ގްރާންޓް ޕްރޮގްރާމުގެ ދަށުން އެހީ ދިނުމަށް ކުރަންޖެހޭ އެންމެހައި އިވެލުއޭޝަން މަރުހަލާތައް ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.