ޚަބަރު
ކެޔޮޅު އެޕް މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފޮނުވުމާ ބެހޭ ސެޝަނެއް މިރޭ
ކެޔޮޅު އެޕް...
ކެޔޮޅު އެޕް މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފޮނުވުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް މިރޭ އޮންނާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށްދާނެ މި ސެޝަން އޮންނާނީ މިރޭ 20:00 ގައެވެ.
އެ ވުޒާރާއިން ޤާއިމުކޮށްފައިވާ ދިވެހި މަސްވެރިކަމުގެ މަޢުލޫމާތު ނިޒާމުގެ މައި ނާރެސް ކަމުގައިވާ "ކެޔޮޅު" އެޕްލިކޭޝަނަކީ މަސްވެރިންނާއި، އުޅަނދުފަހަރުގެ ވެރިން، މަސް ގަންނަ ފަރާތްތައް އަދި ކަމާ ބެހޭ އިދާރާތައް އެއް ވިއުގައަކުން ގުޅުވާލަދޭ ޑިޖިޓަލް ވަސީލަތެކެވެ. މަސްވެރިކަމުގެ ލައިސަންސް ދޫކުރުމާއި އާކުރުމުގެ ހުރިހާ ޚިދުމަތެއް މި އެޕް މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މިއީ މަސްވެރިކަމުގެ ބޭނުމަށް ކުރާ ދަތުރުތަކުގެ މަޢުލޫމާތާއި ބާނާ މަހުގެ އަދަދުތައް އިލެކްޓްރޯނިކްކޮށް ބެލެހެއްޓުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ.
ކެޔޮޅު އެޕް މެދުވެރިކޮށް އިލެކްޓްރޯނިކް ލޮގްފޮތް ފޮނުވުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް 5 އޮކްޓޫބަރުގެ ރޭގަނޑު 08:00 ޖަހާއިރު އޮންނާނެ. ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ކެޔޮޅުންނާއި މަސްވެރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މި ސެޝަންގައި ބައިވެރިވުން އެދެން. https://t.co/ass14VKsuU
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 5, 2026
މި ސެޝަންގައި ކުރިއަށްދާ ބައިތައް:
- އީ-ލޮގްބުކް ބޭނުންކުރުން: މަސްވެރިކަމުގެ ދަތުރުތަކުގައި ބާނާ މަހުގެ މަޢުލޫމާތު އިލެކްޓްރޯނިކް ލޮގްފޮތް މެދުވެރިކޮށް ރެކޯޑުކޮށް ހުށަހާޅާނެ ގޮތް.
- ދެމެހެއްޓެނިވި މަސްވެރިކަން: ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށްޓަކައި ކެޗް މެޓްރިކްސް ނުވަތަ ބާނާ މަހުގެ ހިސާބުތައް ބެލެހެއްޓުމުގެ މުހިންމުކަން.
- އެޕްލިކޭޝަންގެ ޚިދުމަތްތައް: ޤައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި، ފަޅުވެރިންގެ ލިސްޓު ބެލެހެއްޓުމުގެ އިތުރުން މަސްވިއްކާ މިންވަރު ބެލެހެއްޓުން.
އެހެންކަމުން، ކަނޑުމަހުގެ މަސްވެރިކަމުގައި އުޅުއްވާ އެންމެހާ ކެޔޮޅުންނާއި މަސްވެރިން އޮންލައިން ލިންކް މެދުވެރިކޮށް މާދަމާ ރޭގެ ސެޝަންގައި ބައިވެރިވުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
އަދުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހުމަށް ގިނަގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.