Ads by Farudhun

ޚަބަރު

އަހަރުގެ މިހާތަނަށް 213 މިލިއަން ޑޮލަރު ވަނީ ޓީޓީ ހެދުމަށް ދޫކުރެވިފައި: ސައީދު

އަހަރުގެ މިހާތަނަށް 213 މިލިއަން ޑޮލަރު ވަނީ ޓީޓީ ހެދުމަށް ދޫކުރެވިފައި: ސައީދު

ވަޒީރު މުޙައްމަދު ސަޢީދު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޮކްޓޯބަރު 2026، 03:35

05 އޮކްޓޯބަރު 2026، 03:35

މި ހިނގާ އަހަރުގެ މިހާތަނަށް އެކަނިވެސް 213 މިލިއަން ޑޮލަރު ވަނީ ރަސްމީ ރޭޓުގައި ޓީޓީ ހެދުމަށް ދޫކުރެވިފައި ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، 2022 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއިން ރަސްމީ ރޭޓުގައި ޓީޓީ ހެދުމަށް ދޫކޮށްފައި ވަނީ 130 މިލިއަން ޑޮލަރުކަަމަށެވެ. 

އަދި 2023 ވަނަ އަހަރު ދޫކޮށްފައި ވަނީ 122 މިލިއަން ޑޮލަރު ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މި އަހަރުގެ މިހާތަނަށް 213 މިލިއަން ޑޮލަރު މިހާތަނަށް ޓީޓީއަށް ރަސްމީ ރޭޓުގައި ދީފަ އެބަހުރި."

ވަޒީރު ވިދާޅުވިއެވެ.

މަހެއްގެ މައްޗަށް ބަލާނަމަ، މީގެ ކުރިން އެވަރެޖްކޮށް ޓީޓީއަށް ދޫކޮށްފައި ވަނީ 10 މިލިއަން ޑޮލަރު ކަމަށާއި، މިހާރު ދޫކުރަމުން ދަނީ 27 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ކުރިއާއި އަޅާބަލާއިރު ނުހަނު ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ރާއްޖެއިން ބޭރުގައި އެކި ސަބަބުތަކަށްޓަކައި ދިރިއުޅޭ ދިވެހީންނަށް ޑޮލަރު ފޮނުވުމަށާއި، ބޭރުން ވިޔަފާރި ކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހީން ޓީޓީ (ޓެލެގްރެފިކް ޓްރާންސްފަރ) ޚިދުމަތް ބޭނުންކުރެއެވެ. މި ޚިދުމަތް އަވަސްކުރުމަށްޓަކައި ޓީޓީ ޕްރޮސެސް ކުރާ ވަގުތު ބީއެމްއެލްއިން ވަނީ 2023 ވަނަ އަހަރު އިތުރުކޮށްފައެވެ. އެ ބަދަލުގެ ދަށުން، ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ހުށަހަޅާ ޓީޓީ އެޕްލިކޭޝަންތައް އެ ދުވަހަކު ޕްރޮސެސްކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450