Ads by Farudhun

ޚަބަރު

ވިޔަފާރި ބަނދަރު ނިމުމުން މުޅި ރާއްޖެއަށް ޒަމާނީ ބަނދަރެއް ލިބޭނެ: ވަޒީރު ސައީދު

ވިޔަފާރި ބަނދަރު ނިމުމުން މުޅި ރާއްޖެއަށް ޒަމާނީ ބަނދަރެއް ލިބޭނެ: ވަޒީރު ސައީދު

މިނިސްޓަރު ސައީދު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޮކްޓޯބަރު 2026، 10:12

06 އޮކްޓޯބަރު 2026، 10:12

ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ނިމިގެންދާއިރު، ދިވެހި ވިޔަފާރިވެރިންނަށާއި މުޅި ރާއްޖެއަށް ފުރިހަމައަށް ޚިދުމަތްދެވޭނެ ފަދަ ޒަމާނީ ބަނދަރެއް ލިބިގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރި ބަނދަރު ތަރައްޤީކޮށް ބަދަލުކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށާއި ވިޔަފާރީގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ މުހިންމު މަސައްކަތެކެވެ.

މީގެއިތުރުން، ވޭތުވެދިޔަ ގާތްގަނޑަކަށް 40 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާ އޮތީ އެދެވޭ ސްޕީޑުގައި ކުރިއަށް ނުގޮސް ކަމަށާއި، މިއީ މި ދާއިރާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވެސް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު މި ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ ޒަމާނީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ތިލަފުށީގެ ޕޯޓް މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް  އެ ރަށަށް ކުރެއްވި ޒިޔާރަތުގަ ވަޒީރު ވަނީ، ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫއަކީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅޭ އެންމެ ވަރުގަދަ އެއް ބިންގާ ވިދާޅުވެފައެވެ. 

ތިލަފުށީގައި ޤާއިމުކުރެވޭ މި ޒަމާނީ ބައިނަލްއަޤްވާމީ ބަނދަރަކީ ވިޔަފާރި މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ނިޒާމަކުން ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450