Ads by Farudhun

ޚަބަރު

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލްގެ ހާއްސަ ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލަށް

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލްގެ ހާއްސަ ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލަށް

އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލްގެ ހާއްސަ ދެ ޑޮކްޓަރުން.. ފޮޓޯ: އެޑިޝަންއެމްވީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

06 އޮކްޓޯބަރު 2026، 10:49

06 އޮކްޓޯބަރު 2026، 10:49

އިންޑިއާގެ މަޝްހޫރު ޗައިތަންޔާ އައި ހޮސްޕިޓަލުގެ ލޮލުގެ ހާއްސަ ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލަށް މި މަހު ޒިޔާރަތްކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެގޮތުން، މި ދެ ޑޮކްޓަރުން އައިކެއާ ހޮސްޕިޓަލްގައި ބަލިމީހުން ބަލާނީ މި މަހުގެ 11 އިން 15 އަށެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ، ޗައިތަންޔާ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އަދި ވިޓްރިއޯރެޓިނަލް ސާޖަން ޑރ. މަނޯޖް އާއި ކެޓަރެކްޓް، ގްލޮކޯމާ އަދި ފެކޯ ސާޖަރީގެ ހާއްސަ ޑޮކްޓަރު، ޑރ. ހަރިކްރިޝްނަން ސީޕީ 5 ދުވަހު އެ ހޮސްޕިޓަލުގައި ކޮންސަލްޓުކުރަން ހަމަޖެހިފައިވާކަމަށެވެ.  މި ދެ ޑޮކްޓަރުން ބަލިމީހުން ބަލާނީ އޯކިޑް މަގުގައި ހުންނަ އައިކެއާ ހޮސްޕިޓަލުގައި ކަމަށް އެ ހޮސްޕިޓާލުން ވިދާޅުވެއެވެ.

މި ދެ ޑޮކްޓަރުން އައިކެއާއަށް ޒިޔާރަތް ކުރަނީ ލޮލުގެ ހާއްސަ ފަރުވާ ދިނުމުގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޗައިތަންޔާ ހޮސްޕިޓަލާއެކު އައިކެއާއިން ގާއިމުކުރި ޕާޓްނާޝިޕުގެ ދަށުންނެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން، މީގެ ކުރިން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާ ދިވެހިންނަށާއި އަލަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް އައިކެއާއިން ވިދާޅުވިއެވެ.

ދެ ޑޮކްޓަރުން ކޮންސަލްޓު ކުރާނީ މި މަހުގެ 11 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 9 އިން ހަވީރު 6 އަށެވެ. އެހެންކަމުން، ދެ ޑޮކްޓަރުންނަށް ދެއްކުމުގައި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސްގެ ހިދުމަތް ލިބޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އައިކެއާއިން ވިދާޅުވީ، ދެ ޑޮކްޓަރުންގެ ޒިޔާރަތުގައި ލޯ ޗެކްކުރުމާއި ކޮންސަލްޓޭޝަން ހިދުމަތް ދޭނެކަމަށެވެ. އެއަށްފަހު އިތުރު ފަރުވާ ނުވަތަ އޮޕަރޭޝަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ވަސީލަތްތަކަށް ބެލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އައިކެއާ ހޮސްޕިޓަލުގައި އެފަދަ ފަރުވާތަކާއި ސާޖަރީތައް ހެދޭނެ އިންތިޒާމުތައް ރޭވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

އަދި ރާއްޖެއިން ދެވެން ނެތް ފަރުވާތަކަށް ބަލިމީހުން ރިފާ ކުރެވޭނީ އިންޑިއާގެ ޗައިތަންޔާ ހޮސްޕިޓަލަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، ބަލިމީހުން ފުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޓިކެޓާއި އެކޮމޮޑޭޝަން ހަމަޖެއްސުމުގައި އައިކެއާ އިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގެ ޑޮކްޓަރުންގެ ހިދުމަތް ރާއްޖެއިން ލިބި، ދަތުރުފަތުރަށް ހިނގާ އިތުރު ހަރަދުތައް ސަލާމަތްވެ، ފަރުވާއާއި ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާކޮށް ގޮތް ނިންމުމަށް ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަން އައިކެއާއިން ފާހަގަކުރެއެވެ.

މި ދެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު އެޕޮއިންޓްމަންޓަށް ހުޅުވާލައިފައިވާ ކަމަށް އައިކެއާއިން މައުލޫމާތުދެއެވެ. ޑޮކްޓަރަށް ދައްކަން ދާއިރު ކުރީގެ މެޑިކަލް ރިޕޯޓްތަކާއި، ބޭސް ސިޓީ އަދި ލޮލުގެ ޓެސްޓުތަކުގެ ނަތީޖާ ގެންދިއުމަށް އައިކެއާއިން އިރުޝާދު ދެއެވެ. އައިކެއާއިން ވިދާޅުވީ، އެ ހޮސްޕިޓަލުގެ ހޮޓްލައިން 3321026 އާއި ވައިބާ/ވަޓްސްއަޕް ނަމްބަރު 7201026 މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450