Ads by Farudhun

ޚަބަރު

ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ރާވައިފި

ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ރާވައިފި

މާލެ ސިޓީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޮކްޓޯބަރު 2026، 10:44

06 އޮކްޓޯބަރު 2026، 10:44

އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމުގެ ގޮތުން ފާހަގަކުރާ ދުނިޔޭގެ އޯޒޯން ދުވަހާ ގުޅިގެން ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އޯޒޯން ދުވަސް ޚާއްޞަވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރޭ މުނާސަބަތާ ވެސް ގުޅިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތައް އޮންނާނީ 9 އޮކްޓޯބަރުގައެވެ. 

މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "ގްލޯބަލް އެކްޝަން ފޯ އަ ކޫލަރ ޕްލެނެޓް"އެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިގެން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ދިނުމާއި، ތަފާތު ގޭމްތަކާއި މަޖާ ހަރަކާތްތައް ހިމެނޭ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަން އާންމުންނަށް އަންގައިދީ، ދުނިޔެ ހޫނުވުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ސަމާލުކަން އިތުރުކުރުމެވެ.

ކިގާލީ އެމެންޑްމަންޓަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ކޮންޓްރޯލްކުރުމަށްޓަކައި 2016 ވަނަ އަހަރު ތަސްދީގުކުރެވުނު ބައިނަލްއަގުވާމީ މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް 10 އަހަރު ފުރުން ފާހަގަކުރާއިރު، އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް މުޅި ދުނިޔޭގެ ފެންވަރުގައި ކުރެވުނު ގިނަ މަސައްކަތްތަކުގެ ކާމިޔާބީ ފާހަގަކުރެވިގެންދާނެއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، ދިރިއުޅޭ މާހައުލު ރައްކާތެރިކުރުމަށް ކުރެވޭ ގައުމީ އަދި ބައިނަލްއަގުވާމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450