Ads by Farudhun

ޚަބަރު

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޮކްޓޯބަރު 2026، 02:46

06 އޮކްޓޯބަރު 2026، 02:46

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ އެޅުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. 

މިއަދު ފަށާފައިވާ މި މަޝްރޫޢަކީ 18.98 މިލިއަން ރުފިޔާ ގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 6 ފިންގަރ ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން އެ ބަނދަރު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަންޖެހޭ ތަކުލީފުތަކަށް ނިމުމެއް އަންނާނެއެވެ. 

މިއީ ކުޑަކުދިންނާއި، އިސްރަށްވެހިންގެ އިތުރުން ބުރަ ލަގެޖް ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. 

މީގެ އިތުރުން، މި ޖެޓީތައް ޤާއިމުކުރުމުން އެއްފަހަރާ ގިނަ ޢަދަދެއްގެ އުޅަނދުތަކަށް ކައިރިކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައިފޭބުމުގައި ދަތުރުވެރިންނަށް ލިބޭ ރައްކާތެރިކަންވެސް އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.



ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީ އުފެދުނީ 1980 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގައި ނިންމައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450