Ads by Farudhun

ޚަބަރު

ޕެރޯލް ބޯޑްގެ ހުރިހާ މެންބަރުން ވަކިކޮށް، އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ޕެރޯލް ބޯޑްގެ ހުރިހާ މެންބަރުން ވަކިކޮށް، އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

މިނިސްޓަރު އިހުސާން ރައީސް އޮފީހުގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 އޮކްޓޯބަރު 2026، 05:50

06 އޮކްޓޯބަރު 2026، 05:50

ޕެރޯލް ބޯޑުގައި މިހާރު ތިއްބެވި ހުރިހާ މެންބަރުން މަގާމުން ވަކިކޮށް، އެ ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން އެ މަގާމުން ވަކިކުރަން ސަރުކާރުން ނިންމެވީ، މަސްތުވާތަކެތީގެ ވަރަށް ފުޅާ ވިޔަފާރިއެއް ހިންގި ކުށް ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ޢަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން އެ ބޯޑުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ބޮޑެތި ކުށްތަކުގައި ހިމެނޭ ފަރާތްތަކާމެދު މިފަދަ ލުއިތައް ދިނުމުގައި ޕެރޯލް ބޯޑުން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ބޯޑުގެ ނިންމުންތަކުގެ އިތުބާރު ހިފެހެއްޓުމަށާއި ނިޒާމު އިސްލާހުކުރުމުގެ ގޮތުން މެންބަރުން ވަކިކޮށް، ވީއެންމެ އަވަހަކަށް އާ ބޯޑެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން ޕެރޯލް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ނިމުމުން، ޕެރޯލްއަށް އެދި ހުށަހަޅާ މައްސަލަތައް މުރާޖަޢާކުރުމުގެ ކަންކަން ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަށްދާނެ ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޕެރޯލް ބޯޑަކީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން، ޝަރުތު ހަމަވާ ޤައިދީން ވަކި ޚާއްޞަ ޝަރުތުތަކަކާ އެކު މުޖުތަމަޢަށް ދޫކޮށްލުމާ މެދު ގޮތެއް ނިންމުމުގެ ޤާނޫނީ ބާރު ދީފައިވާ ބޯޑެކެވެ. މި ބޯޑު އެކުލެވިގެންވަނީ ޤާނޫނު ތަންފީޒުކުރާ އިދާރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން، ޝަރުޢީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކުގެ (ސިވިލް ސޮސައިޓީ) މަންދޫބުންގެ މައްޗަށެވެ.

މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕެރޯލް ޕްރޮގްރާމަށް އެދި ހުށަހަޅާ ޤައިދީންގެ ޝަރުތު ހަމަވޭތޯ ބަލައި، އެމީހުންނާ އިންޓަވިއުކޮށް ވަޒަންކުރުން ހިމެނެއެވެ. މީގެއިތުރުން ޖަލުގައި ހޭދަކުރި މުއްދަތުގައި ޤައިދީ އިސްލާޙުވެފައިވާ މިންވަރާއި، ހިންގުނު ތަޢުލީމީ އަދި ފަންނީ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ މިންވަރު ދެނެގަތުމަށްފަހު، ޤަވާއިދާ އެއްގޮތަށް މުޖުތަމަޢަށް އަލުން ރުޖޫޢަވުމުގެ ހުއްދަ ދިނުމަކީ ވެސް މި ބޯޑުގެ ޒިންމާއެކެވެ.

ޕެރޯލް ނިޒާމުގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ތިބޭ ޤައިދީންގެ އަދަދު މަދުކުރުމާއި، ކުށުގެ ވެށިން ދުރުހެލިވެ އިސްލާޙުވެފައިވާ ފަރާތްތަކަށް އަލުން މުޖުތަމަޢާ ގުޅުމުގެ ފުރުޞަތު ފަހިކޮށްދީ، އަލުން ކުށަށް އަރައިގަތުން ހުއްޓުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450