Ads by Exprox

ޚަބަރު

އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމުމަށްފަހު އާންމުކޮށް ހުޅުވާލައިފި

އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމުމަށްފަހު އާންމުކޮށް ހުޅުވާލައިފި

އާސަހަރާގެ މަސައްކަތްތައް ކުރިއަށްދަނީ- ފޮޓޯ: މާލޭ ސިޓީގެ މޭޔަރ

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2024، 07:28

06 ސެޕްޓެމްބަރު 2024، 07:28

ދެ ފަންގިފިލާއަށް އިމާރާތް ކުރަމުންދާ އާސަހަރާ މިސްކިތުގެ ތިރީބައި ނިންމާ އާންމުކޮށް ހުޅުވާލައިފިއެވެ. މިއަދު ހުކުރު ނަމާދަށް ފަހު ހުޅުވާލާފައި ވަނީ އެތަނުގައި ފިރިހެނުންނަށް ހާއްސަކޮށްފައިވާ ބައެވެ.

މާލޭ ސިޓީކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވަރަށް ބޮޑު މަރާމާތަކަށް ފަހު އާސަހަރާ މިސްކިތުގެ ތިރީ ބައި މިހާރު ހުޅުވާލާފައިވާ ކަމަށާއި އެތަނުގެ މަތީ ބައި މި މަސް ނިމުމުގެ ކުރިން ހުޅުވާލެވޭނެ ކަމަށެވެ. އެއާ އެކު ކުރިއެކޭ އެއްގޮތަށް މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާގެ ކަންކަން އާ ސަހަރާގައި ބޭއްވޭނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

 އާޒިމް ވިދާޅުވީ އާސަހަރާ ހުޅުވިގެން ދިއުމާއެކު، މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބޭއްވުމަށް ހުޅުމާލެއަށް ދާންޖެހޭ ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ވެސް ނިމުމެއް އަންނާނެ ކަމަށެވެ.

މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ދިގު މުއްދަތަކަށް ދެމިގެންދިޔަ މި މަޝްރޫޢު އެކި ފަހަރު މަތިން އެކި ކުންފުނިތަކާއި ހަވާލުކޮށްފައިވެއެވެ. އަދި މިއީ ބޮޑެތި ޚަރަދުތަކެއް ކުރެވިގެންދިޔަ މަޝްރޫޢެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco