Ads by Farudhun

ޚަބަރު

ރައީސްގެ މާލީ ބަޔާން ހާމަ ކުރަން ދެކޮޅު ހެދިކަމަށް ބުނެ ފެތުރީ ކަނޑައެޅިގެން ދޮގެއް: ތަރުޖަމާނު

ރައީސްގެ މާލީ ބަޔާން ހާމަ ކުރަން ދެކޮޅު ހެދިކަމަށް ބުނެ ފެތުރީ ކަނޑައެޅިގެން ދޮގެއް: ތަރުޖަމާނު

ރައީސް އޮފީސް - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 އޮކްޓޯބަރު 2026، 01:28

07 އޮކްޓޯބަރު 2026، 01:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އޮންލައިން ނޫސް "އަދަދު" ގައި ޝާއިޢުކޮށްފައިވަނީ އެއްވެސް ޙަޤީޤަތެއް ނެތް ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، މިއަދުގެ ތާރީޚުގައި "ރައީސް ޑރ މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި" މި ސުރުޚީގެ ދަށުން އެ ނޫހުގައި ގެނެސްދީފައިވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ފަތުރާފައިވާ ދޮގު ޚަބަރެއް ކަމަށެވެ.

ސްޕޯކްސްޕާސަންގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސް ޑރ. މުޢިއްޒުގެ މާލީ ބަޔާން (އެސެޓް ޑެކްލެރޭޝަން) އަކީ ފޮރުވިފައިވާ އެއްޗެއް ނޫނެވެ. އަދި އެއީ ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ރައްޔިތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ފަސޭހަކަމާއެކު ޕީޑީއެފް (PDF) ފޯމެޓުގައި މިހާރުވެސް ޑައުންލޯޑް ކުރެވެން ހުރި، ޢާންމުކޮށް ފެންނަން އޮތް ލިޔުމެކެވެ. މީގެއިތުރުން، މި މަޢުލޫމާތު ވެބްސައިޓުގައި ލިބެން ހުންނާނެކަން މީގެ ކުރިން މީޑިއާތައް މެދުވެރިކޮށް ރަސްމީކޮށް އިޢުލާންކޮށް ހާމަކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މުންދު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އަމާޒުކޮށް "އަދަދު" ނޫހުން މެދުނުކެނޑި މިފަދަ ބޮޑެތި ދޮގުތައް ފަތުރަމުން ދަނީ ސިޔާސީ ވަކި މަޤްޞަދެއް ޙާޞިލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

އަދި ސިޔާސީ ބޭނުމުގައި ފަތުރާ މިފަދަ ދޮގު މަޢުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ އަސްލު ޙަޤީޤަތް ސާފުކޮށްދިނުމުގައި ސަރުކާރުން އެއްވެސް މިންވަރަކަށް ފަސްނުޖެހި ސާބިތުވެ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ސްޕޯކްސްޕާސަން ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450