Ads by Farudhun

ޚަބަރު

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: އެކަކު އޮޕަރޭޝަން ތިއޭޓަރުގައި

ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓް: އެކަކު އޮޕަރޭޝަން ތިއޭޓަރުގައި

ހުޅުމާލޭ ފޭސް 2. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 09:27

07 އޮކްޓޯބަރު 2026، 09:27

ރޭ ހުޅުމާލޭ ފޭސް 2ގައި އެކްސިޑެންޓެއް ހިނގައި، 5 މީހަކަށް އަނިޔާވެފައިވާއިރު، މީގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުންދަނީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 2:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ފަރުވާދެމުންދިޔައިރު، އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. 

އައިޖޖީއެމްއެޗުން ވިދާޅުވީ، އޭގެތެރެއިން 2 މީހަކަށް އިމަޖެންސީ ވޯޑުގައި ފަރުވާދެމުންދާ ކަމަށާއި، އެކަކަށް ފަރުވާދެމުންދަނީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450