Ads by Farudhun

ޚަބަރު

ޢުމްރާވެރިންނަށް އެންމެ ކައިރި ހިސާބަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

ޢުމްރާވެރިންނަށް އެންމެ ކައިރި ހިސާބަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

ޢުމްރާވެރިން. ފޮޓޯ: ޙައްޖު ކޯޕަރޭޝަން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 11:05

07 އޮކްޓޯބަރު 2026، 11:05

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ހުރިހާ ޢުމްރާވެރިންނަށް، އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. 

ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އެއްވެސް އަގަކާއި ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައިއޮތީ މާލެ ސިޓީގައި އެކަނިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާއި އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ އަންނަ ނޮވެމްބަރު މަހުގެ ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުން ވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ މަގު ފަހިކޮށްދީފައެވެ.

މާލެ ސިޓީގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުގައެވެ. މާލެ ސިޓީ ފިޔަވައި، އަތޮޅުތެރޭގެ ރަށްރަށުން ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ފަރާތްތަކުން، އެ ފަރާތެއް ހުންނެވި ސަރަހައްދަކާ އެންމެ ކައިރިން ވެކްސިން ލިބެންހުރި މަރުކަޒަކުން ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. 

އެހެންކަމުން ޙައްޖު ކޯޕަރޭޝަންގެ ފަހެލި ޕޯޓަލުން "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނަންގަވައިގެން، އެންމެ ކައިރީގައިވާ ޞިއްޙީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ވަޑައިގަތުމުން އިތުރު އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މިއަދުން ފެށިގެން ވަނީ ހަމަޖެހިފައެވެ. އަދި، މި ލިޔުން ބޭނުންކުރައްވައިގެން، ސްޓޭޓްފާމާގެ ބޭސްފިހާރަތަކުން، އިތުރު އަގަކާނުލައި އިންފްލުއެންޒާ ވެކްސިން ވެސް ބައްލަވައިގެންނެވޭނެ ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

ޙައްޖާއި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތަކަކީ އިންފްލުއެންޒާ، މެނިންޖައިޓިސް އަދި ޕޯލިއޯ ވެކްސިނެވެ.

މި ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދަނީ ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، ސްޓޭޓް ފާމާއާ ގުޅިގެންނެވެ. މިއީ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ނުވަތަ އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450