Ads by Farudhun

ޚަބަރު

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.8 ބިލިއަން ރުފިޔާ ލިބިއްޖެ

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.8 ބިލިއަން ރުފިޔާ ލިބިއްޖެ

ފިނޭންސް މިނިސްޓްރީ / ފޮޓޯ: ޕީއެސްއެމް ނިއުސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 02:28

07 އޮކްޓޯބަރު 2026، 02:28

މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 30.8 ބިލިއަން ރުފިޔާ ލިބިފައިވާކަން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.3 އާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެކެވެ. 

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ވަނީ 8.1 ބިލިއަން ރުފިޔާ ލިބެފައެވެ. 

މީގެ އިތުރުން، މިދިޔަ އަހަރާއި އަޅާބަލާއިރު ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މި ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 0.90 ބިލިއަން ރުފިޔާއެވެ. މިއަހަރު ލިބިފައި ވަނީ 5.8 ބިލިއަން ރުފިޔާއެވެ.

 ކޯޕަރޭޓް އިންކަމް ޓެކްސްގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.9 ބިލިއަން ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައި ވަނީ 2.7 ބިލިއަން ރުފިޔާއެވެ.

މި މުއްދަތުގެ ޖުމްލަ ޚަރަދަކީ 35.5 މިލިއަން ދިވެހި ރުފިޔާއެވެ. މި ހަފުތާގައި ބަޖެޓަށް އައި އެންމެ ބޮޑު އިތުރުވުމަކީ މުސާރައާއި އުޖޫރައަށް ކުރެވުނު ޚަރަދެވެ. އެއާއެކު ދައުލަތުގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 18.2 އިންސައްތަ މައްޗަށް ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450