Ads by Farudhun

ޚަބަރު

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށާނީ ޚާއްޞަ ޕްރޮމޯޝަނަކުން

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށާނީ ޚާއްޞަ ޕްރޮމޯޝަނަކުން

ވިއެޓްޖެޓުގެ ކެބިންކްރޫއެއް. ފޮޓޯ: ވިއެޓްޖެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޮކްޓޯބަރު 2026، 03:21

07 އޮކްޓޯބަރު 2026، 03:21

ވިއެޓްނާމުގެ މަޤްބޫލު އެއާލައިން، ވިއެޓްޖެޓުން ދިވެހިރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، މި ދަތުރުތައް ފަށާނީ އަގުހެޔޮކޮށްކަމަށް އެ އަރލައިނުން އިޢުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 8 އޮކްޓޫބަރުން ފެށިގެން 10 އޮކްޓޫބަރު 2026 ގެ ނިޔަލަށް ކަނޑައަޅާފައިވާ ތިން ދުވަހެއްގައެވެ. 

މި މުއްދަތުގެ ތެރޭގައި ޓެކުހާއި ފީތައް ނުހިމަނައި އެތައް މިލިއަން އިކޯ ޓިކެޓުތަކެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޑިލަކްސް ކްލާހުގެ ޓިކެޓުތަކުން %20 ގެ ޑިސްކައުންޓެއް ވެސް ދަތުރުވެރިންނަށް ލިބިގެންދާނެއެވެ.

މިހާރު ޓިކެޓް ވިއްކަން ފަށާފައިވާ އައު ރޫޓުތަކުގެ ތެރޭގައި ހޯ ޗީ މިން ސިޓީ އާއި ދިވެހިރާއްޖެއާ ދެމެދު ކުރާ ދަތުރުތައް ހިމެނެއެވެ. ވިއެޓްޖެޓުން ހޯ ޗީ މިން ސިޓީ - މޯލްޑިވްސް ރޫޓުގައި ކޮންމެ ހަފްތާއަކު ތިން ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އެއީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިއީ ދިވެހިރާއްޖެއަށް ވިއެޓްނާމާއި އެ ސަރަޙައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް ލިބިގެންދާނެ ވަރަށް ފަސޭހައެއް ކަމަށް ވިއެޓްޖެޓުން ވިދާޅުވެއެވެ.

މި އައު ދަތުރުތަކާ އެކު ވިއެޓްޖެޓުން ވަނީ އިތުރު މަންޒިލްތަކަކަށް ވެސް ރޫޓުތައް އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ހަނޯއީ-އަލްމަޓީ، ހަނޯއީ-ޕްރާގް، ހޯ ޗީ މިން ސިޓީ-އެންޖެލިސް ކްލާކް (ފިލިޕީންސް)، އަދި ހޯ ޗީ މިން ސިޓީ-ޗިއަންގް މައި (ތައިލެންޑް) ހިމެނެއެވެ. 

މީގެ ސަބަބުން ދަތުރުވެރިންނަށް ފަސޭހަކަމާއެކު ޓިކެޓް ބުކްކޮށް، ޔޫރަޕުގެ ތާރީޚީ ސިޓީތަކާއި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ މަޝްހޫރު އަދި ހަލަބޮލި މަންޒިލްތަކަށް ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ އެއަރލައިނުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450