Ads by Farudhun

ޚަބަރު

ޓޭކްއަވޭ ޚިދުމަތްދޭ ވިޔަފާރިވެރިން ކާބޯތަކެތި ބަންދުކުރުމުގެ ގަވާއިދަށް އަހުލުވެރިކޮށްފި

ޓޭކްއަވޭ ޚިދުމަތްދޭ ވިޔަފާރިވެރިން ކާބޯތަކެތި ބަންދުކުރުމުގެ ގަވާއިދަށް އަހުލުވެރިކޮށްފި

މި ސެޝަންގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 އޮކްޓޯބަރު 2026، 03:51

07 އޮކްޓޯބަރު 2026، 03:51

ހުޅުމާލޭގައި ޓޭކްއަވޭ ޚިދުމަތްދޭ ފަރާތްތައް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ "ކާބޯތަކެތި  ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންގޮސްފިއެވެ.

އެޗްޑީސީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގުޅިގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ 10:00 އިން 12:00 އަށް، ހުޅުމާލޭ ފަހިވެނި ކޮމިއުނިޓީ ސެންޓަރުގައެވެ. އެޗްޑީސީ އިން ވިޔަފާރި އުސޫލުން ޓޭކްއެވޭ ޚިދުމަތްދޭން ހުއްދަ ދީފައިވާ އެންމެހާ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ އެމްއެފްޑީއޭގެ ޓެކްނިކަލް މުވައްޒަފުންނެވެ.

މި އަހަރުގެ ޖޫން 9 ދުވަހު އެމްއެފްޑީއޭއިން ގެޒެޓުކުރި ގަވާއިދު ނަންބަރު 2026/R-52  "ކާބޯތަކެތި  ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަށް" އަމަލުކުރަން ފަށާނީ ޑިސެންބަރު ނުވަވަނަ ދުވަހުން ފެށިގެންނެވެ. މި ސެޝަންގެ މަގްސަދަކީ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިވެރިން ގަވާއިދުގައިވާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑުތަކަށް އަހުލުވެރިކުރުވުމެވެ. އެގޮތުން، ސެޝަންގެ ތެރެއިން، އާ ގަވާއިދާ ގުޅޭ ގޮތުން ވިޔަފާރިވެރިން ބޭނުންވާނެ އެންމެހާ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ.

އެމްއެފްޑީއޭގެ ގަވާއިދާ އެކު، ކާބޯތަކެތި ބަންދުކުރުމާއި ލޭބްކުރުމުގެ މިންގަނޑެއް ވަނީ އެކުލަވާލާފައެވެ. އެ ގޮތުން، ކާބޯތަކެތީގެ ސާފުތާހިރުކަމާއި، ރައްކާތެރިކަން ކަށަވަރުވާނެ ގޮތަށް ކާބޯތަކެތި ބަންދުކުރުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންކަން މި ގަވާއިދުގައި ހިމަނާފައިވެއެވެ. އަދި، އެއީ ކޮން ބާވަތެއްގެ އެއްޗެއް ކަމާއި، މުއްދަތު ހަމަވާނެ ތާރީޚު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރަން އެމްއެފްޑީއޭގެ ގަވާއިދުން ވަނީ ލާޒިމުކޮށްފައެވެ. 

އެހެންކަމުން، ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އެޗްޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ ފުރުސަތުތައް ހޯދައިދިނުމަށް އެޗްޑީސީ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450