ޚަބަރު
އައްޑޫގައި ފެށި ވާހަކަދެއްކުމާއި ބަހުސް މުބާރާތް ވަޒީރު ހީނާ ޝަރަފުވެރިކޮށްދެއްވައިފި
މި ރަސްމިއްޔާތުގެ ތެެރެއިން.. ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
އައްޑޫގައި މިއަދު ފެށި ވާހަކަދެއްކުމާއި ބަހުސް މުބާރާތް ވަޒީރު ހީނާ ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތަކީ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އައްޑޫ ސިޓީގެ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތެކެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފެށި މި މުބާރާތް، ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވާފައި ވަނީ މުބާރާތުގެ ފަނޑިޔާރުން ތަޢާރަފުކޮށްދިނުމަށްފަހުއެވެ.
ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން އައްޑޫ ސިޓީގައި ބާއްވާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތް ފެށުމުގެ ތެރެއިން. https://t.co/7pLWpSE6bC
— Ministry of Arts, Culture and Heritage (@MoDLCH) October 7, 2026
މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.