Ads by Farudhun

ޚަބަރު

ހަރުދަނާ ޝަޚުޞިއްޔަތަކަށް ވާނީ ހަމައެކަނި ޢިލްމާއި ހުނަރަކުން ނޫން: ވަޒީރު ހީނާ

ހަރުދަނާ ޝަޚުޞިއްޔަތަކަށް ވާނީ ހަމައެކަނި ޢިލްމާއި ހުނަރަކުން ނޫން: ވަޒީރު ހީނާ

މި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 އޮކްޓޯބަރު 2026، 04:34

07 އޮކްޓޯބަރު 2026، 04:34

ހަރުދަނާ ޝަޙުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން ކަމަށާއި ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވަނީ ޢިލްމާ ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރަށް ވަޒީރު ވިދާޅުވީ، މިފަދަ މުބާރާތްތަކުން ދަރިވަރުގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސިފަތަކެއް ކަމަށެވެ. އަދި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް ދަސްކޮށްދެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މައުލޫމާތާއި ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ އެތައް ކަމެއް ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބަދަލުވަމުންދާ މި ދުނިޔެއަށް އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަން ޖެހޭއިރު، އެ ބަދަލުތަކުގައި އުމުރުގެ ބޮޑުބައި ހޭދަކުރަނީ އެ ކުދީންނާއެކުކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލުއައިކަމުގައި ވިޔަސް، ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢުގައި ވަކިން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ޢިލްމުވެރި ފަޞާޙަތްތެރި މާޒީއެއް އޮތް އައްޑޫ ފުވައްމުލަކުގެ އެންމެހައި ބައިވެރިންނަށް ކާމިޔާބަށް އެދެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450