ޚަބަރު
ބާރަށު ޕޮލިސް ސްޓޭޝަންގެ ބީމް ޝަޓަރިންގ މަސައްކަތްތައް ފަށައިފި
ބާރަށު ޕޮލިސް ސްޓޭޝަންގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހއ. ބާރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބީމްތަކުގެ ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިކަން ހާމަކުރެއްވީ، މި މަސައްކަތުގެ އަދާހަމަ ހިއްސާލުރެއްވުމަށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ދަށުން، ފުލުހުންގެ އޮފީސް އިމާރާތަކާއި، އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން ޤައިދީން ބައިތިއްބާނެ ޖަލު ގޮޅިތަކާއި، ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
Project Update: Construction of HA Baarah Police Station Beam shuttering and reinforcement works are ongoing at the project site. Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC https://t.co/yp7yalQ1u8
— MTCC Plc (@MTCCPlc) October 7, 2026
މިއީ ގާތްގަނޑަކަށް 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 27 މާރިޗު 2025 ގައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މި މަޝްރޫއަކީ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ހިންގާ މަސައްކަތެކެވެ. ސަރުކާރުގެ މި އަމާޒު ހާސިލުކުރުމަށްޓަކައި އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޯސްޓުތައް އަދި ޑެސްކުތައް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.
ބާރަށުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ޤާއިމުވެގެން ދިއުމާއެކު، އެ ރަށުގައި ކުށްމަދުކުރުމަށާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް އަންނާނެއެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެ، ރައްކާތެރި މާހައުލެއް ކަށަވަރުވެގެންދާނެ ކަމަށް ގިނަ ބަޔަކުދެކެއެވެ.