Ads by Farudhun

ޚަބަރު

ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށް ޓެކްނިކަލް ގްރޫޕުން ބައްދަލުކޮށްފި

ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށް ޓެކްނިކަލް ގްރޫޕުން ބައްދަލުކޮށްފި

ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށް ޓެކްނިކަލް ގްރޫޕުން ބައްދަލުކުރުން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 އޮކްޓޯބަރު 2026، 09:17

08 އޮކްޓޯބަރު 2026، 09:17

ދިވެހިރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް (ބީޓީއާރް) އެކުލަވާލުމުގެ ތައްޔާރީތަކުގެ ތެރެއިން، ކްލައިމެޓް ޗޭންޖް މިޓިގޭޝަން ޓެކްނިކަލް ވޯކިންގ ގްރޫޕުގެ މުހިންމު ބައްދަލުވުމެއް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވި ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.

ކަމާބެހޭ އިދާރާތަކުގެ ޓެކްނިކަލް މާހިރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި، ގްރީންހައުސް ގޭސް ދޫކުރާ މިންވަރު ދެނެގަތުމުގެ އިތުރުން މިޓިގޭޝަން ނުވަތަ ގެއްލުން ކުޑަކުރުމުގެ ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.



މިނިސްޓްރީން ހާމަކުރި ގޮތުގައި މިފަދަ ޓެކްނިކަލް މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން އެކުލަވާލާ ދެވަނަ ބީޓީއާރް ރިޕޯޓަކީ ސައްޙަ، ފުރިހަމަ އަދި އިތުބާރުހުރި މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާވެފައިވާ ފެންވަރު ރަނގަޅު ރިޕޯޓަކަށް ހެދުމެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450