Ads by Farudhun

ޚަބަރު

ވިލިނގިލީ ވަޤްފު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވިލިނގިލީ ވަޤްފު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވިލިނގިލީ ވަޤްފު ޢިމާރާތުގެ މަސައްކަތް. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 އޮކްޓޯބަރު 2026، 10:05

08 އޮކްޓޯބަރު 2026، 10:05

ގއ. ވިލިނގިލީގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ވަޤްފު ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވިލިނގިލީ ވަޤްފު މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ރޭނުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫޢަކީ ރާއްޖޭގައި ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ.

އަލަށް ތަރައްޤީކުރެވޭ މި ވަޤުފް ޢިމާރާތްތަކަކީ ޒަމާނީ ފެންވަރަށް ބިނާކުރެވޭ، އޮފީސްތަކާއި، ދިރިއުޅޭ ބައިތަކުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޖާގަ ހިމެނޭ އެކި ބޭނުންތައް ފުއްދައިދޭނެ މަރުކަޒުތަކެކެވެ.



އަތޮޅުތަކުގައި ބިނާކުރާ މިފަދަ ޢިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، އެ ސަރަޙައްދެއްގެ ދީނީ ކަންކަން ތަރައްޤީކުރުމަށާއި، މިސްކިތްތައް މަރާމާތުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި ޙަރަކާތްތަކަށެވެ. މި ވަޤުފް ޢިމާރާތްތަކުން ލިބޭ އާމްދަނީއާއި މާލީ ކަންކަން ބަލަހައްޓާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ލަފައާއި އިރުޝާދުގެ ދަށުން އެ ރަށެއްގެ ކައުންސިލްތަކުންނެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޤުފްގެ ނިޒާމު ފުޅާކޮށް، ދީނީ ކަންކަމަށް މާލީ ގޮތުން އިތުރު ބާރުވެރިކަމެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ނިންމަވާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަޤުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450