Ads by Farudhun

ޚަބަރު

އަމިއްލަ ނަފުސަށާއި ލޯބިވާ މީހުންނަށް ޓަކައި ވެސް ސިއްހަތަށް އިސްކަންދޭންޖެހޭ: މެޑަމް ސާޖިދާ

އަމިއްލަ ނަފުސަށާއި ލޯބިވާ މީހުންނަށް ޓަކައި ވެސް ސިއްހަތަށް އިސްކަންދޭންޖެހޭ: މެޑަމް ސާޖިދާ

މިދިޔަ އަހަރުގެ "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް"ގައި މެޑަމް ވާހަކަދައްކަވަނީ.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 އޮކްޓޯބަރު 2026، 10:59

08 އޮކްޓޯބަރު 2026، 10:59

އަމިއްލަ ޞިއްޙަތަށް އިސްކަންދިނުމަކީ އަމިއްލަ ނަފުސަށާއި، ލޯބިވާ އެންމެހައި ފަރާތްތަކަށްޓަކައި ނިންމޭނެ އެންމެ މުހިންމު އެއް ނިންމުމަށް ވެދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައން ވިދާޅުވީ، "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ވާހަކަފުޅުގައި މެޑަމް ވަނީ ކެންސަރު ބައްޔަށް މަގުފަހިވެދާނެ ފަދަ ކަމެއް ފާހަގަވެފައިވާ ނަމަ އެކަމަކާއި މެދު ފަރުވާ ކުޑަނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، ކޮންމެ އަންހެނަކު ވެސް އެކަނބަލުންގެ ޞިއްޙަތާއި މެދު އުފެދޭ ކަންބޮޑުވުންތަކަށް ފަރުވާކުޑަނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އަމިއްލަ ޞިއްޙަތަށް އިސްކަންދެއްވައި، ރައްކާވެތިބުމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅުމަށާއި، ސިއްހީ މާހިރުންގެ ލަފާ ހޯއްދެވުމަށް ނަސޭހަތްތެރިވެފައެވެ.

" އެއީ ތިމާގެ އަމިއްލަ ނަފުސަށާއި، ތިބާދެކެ ލޯބިވާ އެންމެހައި ފަރާތްތަކަށްޓަކައި ތިބާއަށް ނިންމޭ އެންމެ މުހިންމު އެއް ނިންމުމަށް ވެދާނެ"

މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ކަންކަމުގައި އަންހެނުން ކުރިއަށް ނުކުތުމަށް ހިތްވަރު ދިނުމަކީ ޒިންމާގެ އެއްބައެވެ. އެކަނބަލުން އެކަމަށް އިޖާބަދޭ ހިނދު، އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޞިއްޙީ ނިޒާމު އަބަދުވެސް އޮންނަންވާނީ ތައްޔާރަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކެންސަރު ބަލި ޞައްޙަކޮށް ދެނެގަތުމަށް ޓަކައި ފެންވަރު ރަނގަޅު މެމޮގްރަފީ، އަލްޓްރާސައުންޑް، ބަޔޮޕްސީ އަދި ޕެތޮލޮޖީގެ ޚިދުމަތްތަކަކީ ކޮންމެހެން ބޭނުންތެރި ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

މިއީ ހަމައެކަނި ޞިއްޙީ ފަރުވާގެ ގޮތްތަކެއް ނުވަތަ ޓެކްނޮލޮޖީތަކެއް ނޫންކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ދިރާސާވެރިން ދަނީ މިއަށްވުރެ ރަނގަޅު ގޮތްތައް ހޯދުމަށްޓަކައި ރެޔާއި ދުވާލު މަސައްކަތް ކުރަމުން ކަމަށެވެ. ބަލީގެ ކުރީކޮޅު ފެންނަ ކުދިކުދި ބަދަލުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ އެންމެ ޒަމާނީ ވަސީލަތްތަކަކީ، މީގެ މަދު އަހަރުތަކެއް ކުރިން ނުވާނެ ކަމަށް ބެލެވުނު ކަންކަން ކަމަށާއި، އެއީ ޝައްކާއި ވަހުމްތައް ޔަޤީންކަމަށް ބަދަލުކޮށްދޭ އެހީތެރިން ކަމަށް ވިދާޅުވިއެވެ. އަދި ދެން އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅައިދެނީ މިފަދަ ޖަވާބުތަކުން ކަމަށް ވެސް ވިދާޅުވިއެވެ. ބަލި ދެނެގަތުމުގެ ޤާބިލުކަމާއި، ޒަމާނީ ވަސީލަތްތަކާއި އަދި ޚާއްޞަ ފަންނީ މީހުން ބިނާކުރުމަށް މެދުނުކެނޑި އިންވެސްޓްކުރުން މުހިންމުވާ ސަބަބަކީ އެއީ ކަމުގައި މެޑަމް ސާޖިދާ ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ ޙަޤީޤީ ފައިދާ އެންމެ ފުރިހަމައަށް ލިބެނީ، އޭގެ ނަތީޖާތައް ބަލައި ތަރުޖަމާކޮށް، ކިޔައިދީ، އެއަށް ބިނާކޮށް ފިޔަވަޅު އަޅަން އެނގޭ ހުނަރުވެރި ފަންނުވެރިންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި ބަލި ދެނެގަނެވުމާއެކު، ދެން އަޅަންޖެހޭ ފިޔަވަޅު ވާންވާނީ ވަގުތުން ވަގުތަށް، އެކަށީގެންވާ ގޮތެއްގައި އިންތިޒާމުކުރެވިފައިވާ، އަދި ބަލިމީހާގެ ޙާލަތަށް ފުރިހަމައަށް ސަމާލުކަންދެވިގެން އެޅޭ ފިޔަވަޅަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450