Ads by Farudhun

ޚަބަރު

ބޮޑެތި ޕާރުސަލްއަށް ޚާއްސަކޮށް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފި

ބޮޑެތި ޕާރުސަލްއަށް ޚާއްސަކޮށް ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފި

ޕޯސްޓް ބިލްޑިންގ ގްރައުންޑް ފްލޯރގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވުން. ފޮޓޯ: ފަރުދުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 އޮކްޓޯބަރު 2026، 01:28

08 އޮކްޓޯބަރު 2026، 01:28

މޯލްޑިވްސް ޕޯސްޓް ހެޑް އޮފީހުގެ ގްރައުންޑް ފްލޯރގައި ބޮޑެތި ޕާރސަލަށް ޚާއްސަކޮށް ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފިއެވެ. 

 މިއަދު މި ޕިކްޕޯސްޓް ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އަލްފާޟިލް އިލްޔާސް އަޙްމަދުއެވެ. 

މިއީ، ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްގީކޮށް،  ފުޅާކުރުމަށް އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ ދަށުންނާއި އަދި ވަކިން ޙާއްސަކޮށް ޑެލިވަރީ ނިޒާމް ޒަމާނީކޮށް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރެވުނު ޕިކްޕޯސްޓް ސްޓޭޝަނެކެވެ. އަދި މިއީ، އީކޮމާރސް ސަބަބުން ޕޯސްޓްގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލް އިތުރުވުމާއި އަދި މޭލްގެ ލޭންޑްސްކޭޕްއަށް އައިސްފައިވާ ބަދަލުތަކާއެކު، ބޮޑެތި ޕާރސަލްތައްވެސް ޕިކްޕޯސްޓްގ ޑެލިވަރީ ނިޒާމުގެ ތެރެއިން ލިބުމަށް ޚިދުމަތުގެ އަހުލުވެރިން ކުރަމުން ދިޔަ އުންމީދުތަކަށް ރިޢާޔަތްކޮށް ޕޯސްޓުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ޕޯސްޓުން ވިދާޅުވެއެވެ.

މިގެނެވުނު ބަދަލާއެކު، ބޮޑެތި ޕާރުސަލްތައް ލިބުމުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ތަޖުރިބާގެ ފެންވަރު މަތި ވެގެންދާނެކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް މޯލްޑިވްސް ޕޯސްޓުން ވިދާޅުވެއެވެ.

ޕޯސްޓްގެ އޮޕަރޭޝަނަލް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ އަމާޒަކީ  ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ފަރުމާކޮށް ފޯރުކޮށްދިނުމާއި، ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ފަހި މާހައުލެއް ގާއިމްކޮށް ލީޑިން ޓްރޭޑް ފެސިލިޓޭޓަރެއްގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އަދާކުރަމުންދާ ދައުރު އިތުރަށް ފުޅާކުރުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450