Ads by Farudhun

ޚަބަރު

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށްފި

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް ސްޓެލްކޯއިން މަރާމާތުކޮށްފި

ހުޅުމީދޫގައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސްޓެލްކޯއިން މަރާމާތުކުރުން. ފޮޓޯ: ސްޓެލްކޯ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

08 އޮކްޓޯބަރު 2026، 02:50

08 އޮކްޓޯބަރު 2026، 02:50

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ކަރަންޓުގެ ޚިދުމަތާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވި އިރު މައްސަލަޖެހި ނުހިންގިފައި ހުރި 800 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓު މަރާމާތުކޮށް، ކާމިޔާބުކަމާއެކު އަލުން ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ޖަނަރޭޓަރު ސެޓު އަލުން އޮޕަރޭޝަނަށް ގެނައުމާއެކު ހުޅުދޫ އަދި މީދޫގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެ ދެ ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، ކުންފުނީގެ ޤާބިލު އަދި ތަޖުރިބާކާރު މުވައްޒަފުންގެ ހުނަރާއި އިލްމުގެ ބޭނުން ހިފައިގެން، މިފަދައިން މައްސަލަޖެހި ނުހިންގި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް ހިންގުމުގައި ދެމިތިބެ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އުންމީދު ކަމަށެވެ.



ކަރަންޓުގެ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތްކަމަށް ވާއިރު، އެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

މީގެ އިތުރުން، ރަށްރަށުގައި ހުރި އިންޖޭނުގެ ތަކުގައި ބޭނުންކުރާ ޖެނެރޭޓަރުތަކުގެ ހާލަތު ބަލައި، އެ ޖެނަރޭޓަރުތައް އޯވާހޯލް ކުރުމާއި، ކަރަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި ސްޓެލްކޯ ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450