Ads by Farudhun

ޚަބަރު

ހުޅުމާލޭގެ ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން ހުއްޓާނުލާނަމަ ފިޔަވަޅު އަޅަނީ

ހުޅުމާލޭގެ ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުން ހުއްޓާނުލާނަމަ ފިޔަވަޅު އަޅަނީ

ހުޅުމާލެ... ފޮޓޯ: ފަރުދުން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

08 އޮކްޓޯބަރު 2026، 03:43

08 އޮކްޓޯބަރު 2026، 03:43

ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމަށާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

އެޗްޑީސީގެ އެންގުމާއި ޚިލާފަށް، ބައެއް ފަރާތްތަކުން ހުޅުމާލޭގެ ދުވާރާއި ހެޖުތެރޭގައި ހުރި ގޮނޑިއާއި މޭޒު ފަދަ ތަކެތި ނަގާފައި ނުވާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މިއަދުން ފެށިގެން، 08 ނޮވެމްބަރ 2026 ގެ ނިޔަލަށް، އިސްވެ ދެންނެވުނުހެން ގަވާއިދާ ހިލާފަށް ހެޖުތެރެއާއި ދުވާރުމަތީގައި ހުރި ތަކެތި ނަގައި، އެކަންކަން ރަނގަޅު ކުރުމަށް އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ. އަދި، ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭ، ހޮޓާތައް ހިންގާ ފަރާތްތަކުން އެ ހުއްދަތައް ނެގުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މި މުއްދަތުގެ ފަހުން ގަވާއިދާ ހިލާފަށް ހުންނަ އެފަދަ ތަންތަނާމެދު، އެޗްޑީސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އަދި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ލިބިދާނެ އެއްވެސް ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450