ޚަބަރު
ވިލިމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގެ 3 މީހަކު ހައްޔަރުކޮށްފި
ވިލިމާލޭ ޕޮލިސް ސްޓޭޝަން--
ވިލިމާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފިލްމީ ދާއިރާގެ 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި 4 ދިވެހި ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ތިން ފިލްމީ ތަރިންނަކީ، އަޙްމަދު އަޒްމީލް (އަޒޭ) މުޙައްމަދު ވިޝާލް (ރޯމަން)، އަދި އިސްމާޢީލް ޖުމައިހް (ޖުމައިހް) އެވެ.