ކުޅިވަރު / ޚަބަރު

ކަނޑިތީމުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ކަނޑިތީމުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ކަނޑިތީމު ފުޓްސަލް ދަނޑު---

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2026، 03:54

09 އޮކްޓޯބަރު 2026، 03:54

ށ. ކަނޑިތީމުގައި ތަރައްގީކުރަމުން އައި ފުޓްސަލް ދަނޑުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަނޑުގެ މަސައްކަތުގެ 100 އިންސައްތަ މިހާރު ވަނީ މުޅިން ފުރިހަމަކޮށް ނިމިފައެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ފުޓްސަލް ދަނޑުގެ ވަށައިގެން ވަނީ ފެންސުވެސް ޖަހައި، ދަނޑު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިފައެވެ. މި ދަނޑު ނިމުމާއެކު އެ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކަނޑިތީމުގައިވެސް ކުޅިވަރުގެ އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން، އެ ރަށުގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރަށުގެ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށްޓަކައި، އިންޑޯ ޖިމަކާއި، މީޓިންގ ރޫމެއްގެ އިތުރުން ތަފާތު އެކި ކަހަލަ ބޯޑު ގޭމުތަކާއި ގިނަ އަދަދެއްގެ އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަރުކަޒެކެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މި މަޝްރޫއުތައް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ ފައިދާ ފޯރުކޮށްދިނުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450