Ads by Farudhun

ޚަބަރު

ތުރާކުނު ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

ތުރާކުނު ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއަށް

މި ރަސްމިއްޔާތުގެ ތެރެިން.. ފޮޓޯ... ސޮޓެލްކޯ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

09 އޮކްޓޯބަރު 2026، 11:04

09 އޮކްޓޯބަރު 2026، 11:04

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނު ޔުޓިލިޓީ ޚިދުމަތްތައް ދިނުމަށް ސްޓެލްކޯއިން މިއަދު ހަވާލުވެއްޖެއެވެ.

އެކުންފުނިން އެރަށުގެ ޚިދުމަތްތަކާއި ހަވާލުވުމާއެކު ވަނީ ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ވެސް މި ޚިދުމަތްތައް ދޭން ފަށާފައެވެ.

ސްޓެލްކޯ އިން އުތުރުގެ ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ދިނުމާއި ހަވާލުވުމަށް ކުރަމުންދާ ދަތުރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން ދަނީ އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. އެގޮތުން، މިއަދު ތުރާކުނު އިންޖީނުގޭގައި ވަނީ، ސްޓެލްކޯގެ ދިދަ ނެގުމަށް ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.


ތުރާކުނުގެ ކަރަންޓާއި، ފެނާއި ނަރުދަމާ ޚިދުމަތާއި ރަސްމީކޮށް ހަވާލުވުމަށް އެކުންފުނިން ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރުއެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

ދިދަ ނެންގެވުމުގެ ރަސްމިއްޔާތަށްފަހު މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން އެ ދެ ރަށުގެ އިންޖީނުގެއާއި އޮފީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި އިންޖީނުގެ ހިންގުމާއި ޚިދުމަތްތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްޓެލްކޯގެ އިސްވެރިން ވަނީ، ހއ. ހޯރަފުށީ އިންޖީނުގެއާއި ބޮޓްލިންގ ޕްލާންޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލައްވާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ހއ. އަތޮޅުގެ އިތުރު ރަށްތަކުގައި ފެނަކައިގެ ދަށުން ދެމުން ދިޔަ ޚިދުމަތްތަކާއި އެކުންފުނިން ހަވާލުވާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވިއެވެ.

ސްޓެލްކޯ އިން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާއި ހަވާލުވުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫގެ ކަރަންޓުގެ ޚިދުމަތާއި ވެސް އެކުންފުނިން ހަވާލުވެފައިވެއެވެ. ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ސްޓްލްކޯއިން ޚިދުމަތް ދޭން ފަށާފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450