Ads by Farudhun

ޚަބަރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި

ކުއްލި ހަބަރު---

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2026، 07:46

09 އޮކްޓޯބަރު 2026، 07:46

މޫނު ނިވާކޮށްގެން ތިބި ބަޔަކު މާލޭގެ ގަލޮޅު އަވަށުގެ ގެއަކަށް ވަދެ، އެ ގޭގައި ތިބި ބަޔަކު ރަހީނުކޮށް ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އެ ގޭތެރެއަށް ވަދެގަތް މީހުން ވަނީ ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެގެން ފިލާފައެވެ. އަދި ފައިސާ ފޭރުމުގެ ތެރޭގައި އެ ގޭގައި ތިބި ދެ އަންހެނަކާއި ފިރިހެނަކަށް ބިރުދައްކައި ރަހީނުކުރި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450