Ads by Farudhun

ޚަބަރު

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ތިންވަނަ ބުރު މަނިޔަފުށީގައި ފަށައިފި

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ތިންވަނަ ބުރު މަނިޔަފުށީގައި ފަށައިފި

ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯހުގެ ތިންވަނަ ބުރު ފެށުން. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޮކްޓޯބަރު 2026، 03:08

10 އޮކްޓޯބަރު 2026، 03:08

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ، 2026 ވަނަ އަހަރުގެ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ޕްރޮގްރާމުގެ ތިންވަނަ ބެޗް މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ބުރުގައި އަންހެން ބައިވެރިއަކާއެކު ޖުމްލަ 15 ފަރާތްކުން ބައިވެރިވެއެވެ.

ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި، މެރިކަލްޗަރ ޓެކްނިކްސްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް މެނޭޖްކުރުމާއި، ލައިވް ފީޑް (ދިރޭ ކާނާ) އުފެއްދުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ބައިވެރިންނަށް މުހިންމު މައުލޫމާތާއި އަމަލީ ތަޖުރިބާ ލިބިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



މި ޕްރޮގްރާމުގެ މަގުސަދަކީ މެރިކަލްޗަރގެ ދާއިރާއިން ދިވެހިންގެ ގާބިލުކަން އިތުރުކުރުމާއި، ރާއްޖޭގައި އެކުއަކަލްޗަރ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބާރުއެޅުމެވެ.

ވަރލްޑް ބޭންކުގެއެހީތެރިކަމާއެކު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން އިންތިޒާމުކުރާ މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގައި މެރިކަލްޗަރ  ސިނާއަތް ފުޅާކުރުމަށް ބޭނުންވާ ޤާބިލު ދިވެހި ޒުވާނުން ތައްޔާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއްކަން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށް އަދުގެ  ސަރުކާރުން ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450