Ads by Exprox

ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ- ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2024، 07:32

06 ސެޕްޓެމްބަރު 2024، 07:32

ފުޅާދާއިރާއެއްގައި ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. 

 އިމިގްރޭޝަން އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ރެއިޑްގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ ގެ އިތުރުން ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށްވެސް އިމިގްރޭޝަންނުން ބުނެފައިވެއެވެ.

<blockquote class="twitter-tweet"><p lang="dv" dir="rtl">ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ވަނީ ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައި. މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 05 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް… <a href="https://t.co/rrAE4vigsM">pic.twitter.com/rrAE4vigsM</a></p>&mdash; Maldives Immigration (@ImmigrationMV) <a href="https://twitter.com/ImmigrationMV/status/1831732822077534409?ref_src=twsrc%5Etfw">September 5, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އާއި ކަމާ ބެހޭ އިދާރާތަކުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މި ރެއިޑް އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި އޮޕަރޭޝަންތަކުގައި ގެންދާ އެއްވެސް ބިދޭސީ އަކަށް ދެވަނަ ފުރުސަތެއް ނުދޭނެކަމަށް އެ އިމިގްރޭޝަނުން ބުނެއެވެ. ގަވައިދާ ހިލާފަށް އުޅެމުންއަންނަ ބިދޭސީންގެ މައްސަލަ ބޮޑުވެ އިމިގްރޭޝަންގެ އޮޕަރޭޝަންތައް ފުޅާކޮށް އަތޮޅުތެރޭގައިވެސް މިހާރުވަނީ ހަރަކާތްތެރިވާން ފަށާފައެވެ

މި ލިޔުން ކިޔާލުމުން

Ads by Stelco