Ads by Farudhun

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތަކުގެ 99 އިންސައްތަ އޮޕަރޭޝަނަށް ގެނެސްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތަކުގެ 99 އިންސައްތަ އޮޕަރޭޝަނަށް ގެނެސްފި

ޗައިނާގެ ޓުއަރިސްޓުން ރާއްޖެ އައުން - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

10 އޮކްޓޯބަރު 2026، 03:33

10 އޮކްޓޯބަރު 2026، 03:33

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ އެނދުގެ 99 އިންސައްތަ މިހާރު ފުރިހަމައަށް އޮޕަރޭޝަނަށް ގެނެވި، ފަތުރުވެރިންނަށް ޚިދުމަތް ދޭން ފެށިފައިވާކަމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުގެ ދައްކައިފިއެވެ.

މިކަން ހާމަވެފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންނެވެ.

އެ ވުޒާރާގެ ރެކޯޑުތައް ދައްކާގޮތުން، މި ހިނގާ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ޚިދުމަތް ދިނުމަށް ޖުމްލަ 1،293 ފެސިލިޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ ޖުމްލަ 68،733 އެނދެވެ. އޭގެ ތެރެއިން މިވަގުތު އޮޕަރޭޝަނަށް ގެނެސް، ފަތުރުވެރިން ބައިތިއްބަމުން ދަނީ 1،289 ތަނެއްގައެވެ. އެއީ ޖުމްލަ 68،013 އެނދެވެ. މިއީ ރާއްޖޭގައި ހުރި އެނދުތަކުގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް މުޅި ސިނާއަތް އެއްކޮށް ހަރަކާތްތެރިވަމުން އަންނަ މިންވަރެކެވެ.

މިވަގުތު އޮޕަރޭޝަނުގައި ހުރި ތަންތަނުގެ ތަފްސީލަށް ބަލާއިރު:

  • 180 ރިސޯޓު (45،171 އެނދު)
  • 927 ގެސްޓްހައުސް (16،822 އެނދު)
  • 166 ސަފާރީ އުޅަނދު (3،366 އެނދު)
  • 16 ހޮޓާ (2،654 އެނދު)

އެނދުތަކުގެ ބޮޑު ބައެއް އޮޕަރޭޝަނަށް ގެނެވިފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 1،642،478 (އެއް މިލިއަން ހަ ލައްކަ ސާޅީސް ދެ ހާސް ހަތަރުސަތޭކަ ހަތްދިހަ އަށް) ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ މާކެޓަށް ބަލާއިރު އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 311،485 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ދެވަނައިގައި 234،718 ފަތުރުވެރިންނާއެކު ރަޝިޔާ އޮތްއިރު، ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ވަނީ 122،067 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ "ޕީކް ސީޒަން" ކުރިއަށްދާއިރު، ރާއްޖޭގެ އެނދުތަކުގެ ބޮޑު އިންސައްތައެއް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ވަރަށް މުހި

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450