Ads by Farudhun

ޚަބަރު

ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމުގައި އަންހެން ކުދިންގެ އަޑު މުހިންމު: މެޑަމް ސާޖިދާ

ވަރުގަދަ މުޖުތަމަޢެއް ބިނާކުރުމުގައި އަންހެން ކުދިންގެ އަޑު މުހިންމު: މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 08:59

11 އޮކްޓޯބަރު 2026، 08:59

ވަރުގަދަ މުޖުތަމައެއް ބިނާކުރުމުގައި އަންހެން ކުދިންގެ އަޑާއި، ހުނަރާއި، އިސްނެގުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އަންހެން ކުދިންގެ ބާރާއި، އުންމީދާއި، ޤާބިލުކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި އަންހެން ކުދިންނަކީ ލީޑަރުން ކަމަށާއި، އެކުދިންނަކީ އައު އީޖާދުތައް އުފައްދާ ފަރާތްތަކުގެ އިތުރުން ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަކީ ހަމައެކަނި އެކުދިންގެ އަމިއްލަ ދިރިއުޅުން ބަދަލުކޮށްލާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، އެކުދިންނާއެކު ޤައުމުގެ މުސްތަޤްބަލު ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

މީގެއިތުރުން، ތަޢުލީމާއި، ޢާންމު ޚިދުމަތްތަކާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރާއި، އަދި މުޖުތަމަޢުގެ އިސް ސަފުގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެމުންދާ މަންޒަރު ދިވެހިރާއްޖެއިން ފެންނަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެކުދިންގެ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކާއި ކާމިޔާބީތަކަކީ، ވަރުގަދަ، ދެމެހެއްޓެނިވި ޤައުމުތަކެއް ބިނާކުރުމަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.



ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 11 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެ ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފާހަގަކުރާ މުހިންމު ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންނަށް ފުރިހަމަ ތައުލީމާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ތަފާތުކުރުންތަކާއި އަނިޔާއިން އެ ކުދިން ސަލާމަތްކޮށް، މުޖުތަމައުގައި އެ ކުދިން ބާރުވެރިކުރުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450