Ads by Farudhun

ޚަބަރު

ނޭކުރެންދޫ ބަނދަރު މަޝްރޫއުގެ 59 އިންސައްތަ ނިމިއްޖެ

ނޭކުރެންދޫ ބަނދަރު މަޝްރޫއުގެ 59 އިންސައްތަ ނިމިއްޖެ

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 09:56

11 އޮކްޓޯބަރު 2026، 09:56

ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ 59 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މްޓީސީސީން އެކްސްގައި ހިއްސާކުރި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުގައި ވިދާޅުވެފައިވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ ތެރެއިން 80 މީޓަރުގެ ސަރަހައްދެއްގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައި ކަމަށެވެ.



މި މަޝްރޫއަކީ ނޭކުރެންދޫއަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ. ގާތްގަނޑަކަށް 1400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނޭކުރެންދޫގައި މުދާ އުފުލާ ބޯޓުފަހަރަށާއި ފެރީތަކަށް އެކަށީގެންވާ ފަސޭހަ ބަނދަރެއް ނެތުމަކީ އެ ރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން ބޮޑުހިލައިގެ ބޭރުތޮށްޓެއް ލުމާއި ރޭމްޕެއް އެޅުން ހިމެނެއެވެ. އަދި ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450