Ads by Farudhun

ޚަބަރު

ތެލެސީމިއާ އެލަވަންސްގެ ގޮތުގައި މިދިޔަމަހު މިލިއަނަކަށްވުރެ ގިނަ ރުފިޔާ

ތެލެސީމިއާ އެލަވަންސްގެ ގޮތުގައި މިދިޔަމަހު މިލިއަނަކަށްވުރެ ގިނަ ރުފިޔާ

ތެލެސީމިއާ ކުއްޖަކަށް ލޭއަޅަން ގުޅައިފައިވާ ލޭ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 01:15

11 އޮކްޓޯބަރު 2026، 01:15

ތެލެސީމިއާ އެލަވަންސްގެ ގޮތުގައި މިދި ސެޕްޓެމްބަރު މަހު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ނޭޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތެލެސީމިއާ އެލަވަންސްގެ ގޮތުގައި ވަނީ 541 ފަރާތަކަށް 1،082،000 ރުފިޔާ މިދިޔަމަހު ދޫކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަމަހު ތެލެސީމިއާ އެލަވަންސް ދިނުމަށް ހަމަޖައްސައިދެވުނު 6 ފަރާތެއް ހިމެނެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްޞަ މާލީ އިނާޔަތެއްގެ ގޮތުގައި ތެލެސީމިއާ އެލަވަންސް ދޭން ފަށާފައިވަނީ 1 ޖެނުއަރީ 2026 ގައެވެ. 

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނޭޝަނަލް ތެލެސީމިއާ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ ފަރާތަކަށް މަހަކު 2,000  ރުފިޔާގެ މަގުން ދޫކުރާ މި އެލަވަންސް ހަމަޖައްސައިދެނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށެވެ. 

މި އެލަވަންސަކީ ތެލެސީމިއާ ހުންނަ ފަރާތްތައް ގަވާއިދުން ހޯދަންޖެހޭ ޞިއްޙީ ފަރުވާއާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ޢާއިލާތަކުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ތައާރަފުކުރެއްވި މުހިންމު އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450