Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ފޭސް 3: ފެނާއި ނަރުދަމާގެ މަސައްކަތްތައް ބާރަށް ކުރިއަށް

ބޮޑުތަކުރުފާނު މަގު ފޭސް 3: ފެނާއި ނަރުދަމާގެ މަސައްކަތްތައް ބާރަށް ކުރިއަށް

ބޮޑުތަކުރުފާނު މަގު ފޭސް 3. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 02:02

11 އޮކްޓޯބަރު 2026، 02:02

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި ފިޔަވަހީގެ ދަށުން އެމްޑަބްލިއުއެސްސީއިން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ކުރިއަށްގެންދާ ކަމަށެވެ. މީގެއިތުރުން ލީން މަސައްކަތްތަކާއި ކޭބަލް ޓްރެންޗްގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ފެށުމަށް ތާވަލުކުރެވިފައިވާއިރު، ކެޗްޕިޓްތަކުގެ މަސައްކަތާއި އެމްޑަބްލިއުއެސްސީގެ ފެނާއި ނަރުދަމާ އަޕްގްރޭޑް ލައިންގެ މަސައްކަތްތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގައި ހިމެނެނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ މަގުގެ ބައެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އާންމުންނަށް އެ މަގު ހުޅުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.



ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށްވެސް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450