Ads by Farudhun

ޚަބަރު

އީޓުކުރި އިންޓަރނޭޝަނަލްއިން ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި

އީޓުކުރި އިންޓަރނޭޝަނަލްއިން ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފި

އީޓުކުރި އިންޓަރނޭޝަނަލްއިން ހާއްސަ ޕްރޮމޯޝަނެއް ހިންގަނީ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

11 އޮކްޓޯބަރު 2026، 04:28

11 އޮކްޓޯބަރު 2026، 04:28

މޯލްޑިވްސް ޕޯސްޓްއިން ހިންގާ އީޓުކުރި އިންޓަރނޭޝަނަލްއިން ހާއްސަ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ސެޕްޓެންބަރު 21 އިން އޮކްޓޯބަރ 21 އާ ދެމެދު ކުރާ ވިޔަފާރިތަކުގެ "ވެއިޓް ޗާރޖް" އިން 20% ގެ ޑިސްކައުންޓެއް “ETUKURI20” ޕްރޮމޯޝަން ކޯޑް ބޭނުންކުރުމުން ލިބޭނެއެވެ.

އީޓުކުރި އިންޓަރނޭޝަނަލް އަކީ ދިވެހިންނަށް ފަސޭހަކަމާ އެކު ޔޫ.އެސް.އޭ ގެ އޮންލައިން ފިހާރަތަކުން ވިޔަފާރިކޮށް، ހެޔޮ އަގެއްގައި ރާއްޖެއަށް މުދާ ގެނެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މުޅިން ހިލޭ ރަޖިސްޓަރީ ކުރެވޭ މި ޕްލެޓްފޯމް މެދުވެރިކޮށް، ކޮންމެ ކަސްޓަމަރަކަށް ވެސް ޔޫ.އެސް.އޭގެ ވަރޗުއަލް އެޑްރެހެއް ލިބިގެންދެއެވެ. އަދި ރާއްޖޭގައި ތިބެގެން ޔޫ.އެސް.އޭގެ ފިހާރަތަކުން ގަންނަ ތަކެތި އީޓުކުރި މެދުވެރިކޮށް ކަސްޓަމަރުންގެ ގެއަށް ޑެލިވަރީ ކޮށްދެއެވެ.

މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ޔޫ.އެސް.އޭއިން މުދާ ގެނެސްގެން ވިޔަފާރިކުރާ ފަރާތްތަކަށާއި، އަމިއްލަ ބޭނުމަށް ޔޫ.އެސް.އޭއިން އޮތެންޓިކް މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މީގެ އިތުރުން އޮންލައިން ވިޔަފާރިކުރަން ފަސްޖެހޭ ފަރާތްތަކަށް ވެސް މި ޚިދުމަތް ތަޖުރިބާކޮށްލަން މިއީ ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިއީ ގައުމީ ޕޯސްޓަލް ޚިދުމަތްދޭ މޯލްޑިވްސް ޕޯސްޓުން ސީދާ ފޯރުކޮށްދޭ ޚިދުމަތަކަށް ވާތީ، މުދާ ގެނައުމުގައި ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450