Ads by Farudhun

ޚަބަރު

ވިލިނގިލި އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

ވިލިނގިލި އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ

މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2026، 12:03

12 އޮކްޓޯބަރު 2026، 12:03

ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހެން ވިދާޅުވީ، އަހާ ފޯރަމުގައި މި މަޝްރޫޢާ ގުޅޭގޮތުން ދެންނެވި ސުވާލަކާ ގުޅިގެންނެވެ. 

ވަޒީރު ވިދާޅުވީ މަސައްކަތުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، އަލުން މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ. މިއީ ގއ. އަތޮޅުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ.

"އިރާދަ ކުރެއްވިއްޔާ އައު ކޮންޓްރެކްޓަރަކާއެކު ސޮއިކޮށް ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު މިއޮތީ. އިރާދަ ކުރެއްވިއްޔާ ނޮވެންބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" ވަޒީރު އަމީން ވިދާޅުވިއެވެ.

މި މަޝްރޫޢު ފެށުމަށް ނަގާފައިވަނީ ކޮންޓްރެކްޓަރު ބަދަލުކުރުންފަދަ އެކި ސަބަބުތަކާހުރެއެވެ. އެގޮތުން، ވިލިނގިލީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް 2024 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް އެއަށްފަހު މަސައްކަތް ކުރިއަށް ގޮސްފައިނުވާތީ، ރައްޔިތުންގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި މިހާރު ވަނީ ޢަމަލީ މަސައްކަތް ފަށާނެ ތާރީޚެއް އިޢުލާންކުރައްވާފައެވެ.

ގއ. ވިލިނގިލީގެ ބިން ހިއްކުމާއި، ރަށުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ތަރައްޤީކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު އެކަން އިޢުލާނުކުރެއްވީ 2023 ވަނަ އަހަރު އޮގަސްޓުމަހު ކެމްޕެއިންގެ ތެރެއިން ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢުގެ ދަށުން 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ސަރުކާރުން މީގެ ކުރިން ހާމަކުރައްވާފައިވާ ގޮތުގައި މިއީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ ބޮޑު އިންވެސްޓްމަންޓެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ގއ. އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އިންވެސްޓްކޮށް، ސަރަޙައްދުގެ އިޤްތިޞާދީ ތަރައްޤީއަށް ބާރެއް ދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450